ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ގްރެފިކް ޑިޒައިނަރ

މަޤާމް :ގްރެފިކް ޑިޒައިނަރ
ބޭނުންވާ އަދަދު :1

`

 

ދިވެހިބަހުގެ އެކެޑަމީ

      މާލެ،

    ދިވެހިރާއްޖެ.

                                                            ނަންބަރު: (IUL)430-DBA-I/1/2017/5

 

 

އިޢުލާނު

 

މަޤާމް:                    ގްރެފިކް ޑިޒައިނަރ

މަޤާމުގެ ނަންބަރު:              J-2266555

ބޭނުންވާ ޢަދަދު:               1

މަޤާމުގެ ގިންތި:               ސަޕޯޓް އޮފިސަރސް  

މަޤާމުގެ ރޭންކް:               އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:         ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން:                  ބަހާބެހޭބައި  

މަޤާމު އޮތް އޮފީސް:             ދިވެހިބަހުގެ އެކެޑަމީ

ވަޒީފާ އަދާކުރަންޖެހޭ ތަން:         ދިވެހިބަހުގެ އެކެޑަމީ/ މާލެ

މުސާރަ:                     5610.00 ރުފިޔާ

ސަރވިސް އެލަވަންސް:           2000.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:            1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

                         2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި      1. އުފައްދާ ފޮތްފޮތާއި ލުއިފޮތްފޮތާއި ފަތްފަތާއި ފަތްތޫރަތަކާއި ގޮފިކޮޅުތަކާއި ސަނަދު ކަރުދާސްތައް ފަދަ އާންމުކުރާ

                           ލިޔުންތަކުގެ ލޭއައުޓްހެދުމާއި ފަރުމާކުރުން.

ވާޖިބުތައް:                  2. އެކިއެކި މުބާރާތްތަކާއި ފާހަގަކުރާދުވަސްތަކާއި ޚާއްޞަ ޙަފްލާތައް ފަދަ އެންމެހައި ކަންކަމުގެ ފިކުރު (ކޮންސެޕްޓް)

                           އުފައްދައި އެފަދަ ކަންކަން ތަރައްޤީކުރަން ބޭނުންވާ ފަންނީ ޢިލްމީ ކަންކަން ކުރުން.

                         3. އޮފީސް އިޝްތިހާރުކުރުމަށާއި އެކިއެކި ޙަރަކާތްތައް އިޝްތިހާރުކުރުމުގެގޮތުން އުފައްދަންޖެހޭ އެންމެހައި ތަކެތި

                           ފަރުމާކުރުމާއެކު އުފައްދައި ތައްޔާރުކުރުން.

                         4. ގްރެފިކް ޑިޒައިނިންގެ ތެރެއިން އޮފީހުގެ މަސައްކަތްތައް ހަލުވިކޮށް ދެވޭ ޚިދްމަތުގެ ފެންވަރު ހަރުދަނާކުރުމުގެ ލަފާދީ،

                           ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނާއި ގަވާއިދު ތަންފީޒުކުރުމުގެ މަސައްކަތުގައި އެހީތެރިވުން. 

                         5. އޮފީހުން ކުރިއަށްގެންދާ ޙަރަކާތްތަކަށް ތައްޔާރުކުރަންޖެހޭ އޯޑިއޯ އާއި ވީޑިއޯ ކްލިޕްތަކާޢި ޕްރެޒެންޓޭޝަންތަކާއި

                           އޯޑިއޯ ރިޕޯޓުތަކާއި ވީޑިއޯ ރިޕޯޓްތައްފަދަ އެންމެހައިތަކެތި ތައްޔާރުކުރުމާއެކު އެތަކެތި އާންމުކުރަންޖެހޭ ހާލަތުތަކުގައި

                           އާންމުކުރުން.

                         6. އޮފީހުގެ ވެބްސައިޓް ތަރައްޤީކުރުމުގައި ލަފާދީ ވެބްސައިޓް އަދާހަމަކުރުމުގެ މަސައްކަތުގައި  އެހީތެރިކަން ދިނުން.

                         7. އޮފީހުން ކުރިއަށްގެންދާ ޙަރަކާތްތަކުގެ ފޮޓޯނެގުމާއި ވީޑިއޯ ނެގުމާއެކު، އެތަކެތި ރައްކާކުރުން.

                         8. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި އެހީތެރިވުން.

 

މަޤާމުގެ ޝަރުޠުތައް:           1. އިންފޮރމޭޝަން ޓެކްނޮލޮޖީ ނުވަތަ އޯޑިއޯ ވީޑިއޯ ޓެކްނޮލޮޖީ އާއި ފިލްމްސް ނުވަތަ ވިޝުއަލް އާޓްސް ނުވަތަ

                          މީޑިއާ ކޮމިއުނިކޭޝަން ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް

                          ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

                         ނުވަތަ

                         2. އިންފޮރމޭޝަން ޓެކްނޮލޮޖީ ނުވަތަ އޯޑިއޯ ވީޑިއޯ ޓެކްނޮލޮޖީ އާއި ފިލްމްސް ނުވަތަ ވިޝުއަލް އާޓްސް ނުވަތަ

                           މީޑިއާ ކޮމިއުނިކޭޝަން ގެ  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް

                           ހާސިލުކޮށްފައިވުން.

                         ނުވަތަ

                         3. އިންފޮރމޭޝަން ޓެކްނޮލޮޖީ ނުވަތަ އޯޑިއޯ ވީޑިއޯ ޓެކްނޮލޮޖީ އާއި ފިލްމްސް ނުވަތަ ވިޝުއަލް އާޓްސް ނުވަތަ

                           މީޑިއާ ކޮމިއުނިކޭޝަން ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް

                           ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުންލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު         * ތަޢުލީމީ ގޮތުން އެންމެ މަތީ މާކުސް ލިބިފައިވުމާއި ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް.

ފަރާތެއް ހޮވުމަށް ބެލޭނެ         * މަޤާމާގުޅޭ ހުނަރު ސާބިތުކޮށްދެވިފައިވާ މިންވަރު

ކަންތައްތައް:                * މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލްކަން.

                        * ކަންކަން ކުރަން އިސްނެގުމުގެ ހުނަރުހުރި މިންވަރު.

                        * ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ކުއްޖެއްކަމުގައިވުން.

                        * މީހުންނާ މުޢާމަލާކުރުމުގައި އިޙްތިރާމާއެކު މުޢާމަލާތުކުރުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:       1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު

                       2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

                       3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ،

                         އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

                       4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ،

                         އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

                       5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

                            (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

                            (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ

                            ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ

                            ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު

                             ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

                            (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ

                            ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

                            (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

                        6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

                      7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް

                          ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

                        8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

                            (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް

                           ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

                           (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ

                           ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް

                           އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

މަޤާމަށް އެދެންވީގޮތާއި         ވަޒީފާއަށް އެދޭ ފޯމު މި އެކެޑަމީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ

ސުންގަޑި:                www.dhivehiacademy.edu.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ

                       ތަކެތި ހުށަހަޅާނީ 2017 އެޕްރީލު 10 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، ދިވެހިބަހުގެ އެކެޑަމީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި

                       ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ،

                      [email protected] އެވެ. ފެކްސް ނަންބަރަކީ، 3345275 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ

                       ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތާނާއި     މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  2017 އެޕްރީލު 16  އާއި 2017

މުއްދަތު:                 އެޕްރީލު 20 އާ ދެމެދު، ދިވެހިބަހުގެ އެކެޑަމީގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި

                      އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓުކުރުން:         މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި

                      ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް

                      ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް       %30

ކަނޑައަޅާފައިވާ ކްރައިޓީރިއާގެ

ހުރިހާ ބަޔަކުން އެންމެ

ދަށްވެގެން ލިބެންޖެހޭ ޖުމްލަ

އިންސައްތަ:

 

އިތުރު މަޢުލޫމާތު ހޯދުން:       މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345297 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3345275 އެވެ.

                       އީ-މެއިލް ކުރާނީ  [email protected] އަށެވެ.

 

 

5 ރަޖަބު 1438

2 އެޕްރީލު 2017

02 އޭޕްރިލް 2017
ހޯދާ