އިޢުލާން
ވަޒީފާގެ ފުރުޞަތު:
ތިރީގައިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: ފޯމަން
ޢަދަދު: 02 (ދޭއް)
އަސާސީ މުސާރަ: -/3500 ރުފިޔާ
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (1 އަހަރު ދުވަސް)
މަސައްކަތް ކުރަންޖެހޭތަން: ކޮންސްޓްރަކްޝަން މެޓީރިޔަލްސް / ބެޗިންގް ޕްލާންޓް
އެހެނިހެން އިނާޔަތްތައް:
- އިތުރު އެލަވަންސް: މަހަކު -/2000 ރުފިޔާއާއި -/2500 ރުފިޔާއާ ދެމެދުގެ އަދަދެއް ހަމަޖައްސައި ދެވޭނެއެވެ.
- އިތުރުގަޑީގައްޔާއި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެއެވެ.
- ހަމަޖެހިފައިވާ އުސޫލުން އެޓެންޑަންސް އެލަވަންސް ލިބޭނެއެވެ.
- ދާއިމީ ވުމުން ސްޓާފް އިންޝުއަރެންސް ސްކީމުގައި ބައިވެރި ކުރެވޭނެ
މަޤާމުގެ މަސްއޫލިއްޔަތު
- ދުވަހުން ދުވަހައް ކުރަންޖެހޭ މަސައްކަތްތައް ކުރުން
- ލޭބަރުންނަށް މަސައްކަތް ހަވާލުކުރުމާއި އިކުއިޕްމަންޓްތަކާއި ވެހިކަލްތައް މެއިންޓެއިން ކުރުން
- ރެޑީމިކްސް ކޮންކްރީޓް ކަސްޓަމަރުންގެ ވޯކްސައިޓުތަކަށް ޑެލިވަރ ކުރުން
- އިންވެންޓްރީ ބެލެހެއްޓުން
ޝަރުތު:
- ގްރޭޑް 7 ގެ ފެންވަރު ހުރުމާއެކު އިނގިރޭސި ބަހާއި ދިވެހި ބަސް ލިޔަން ކިޔަން އެނގުން.
- ގިނަ ވަގުތު މަސައްކަތުގައި އުޅެވުމާއި ޝިފްޓް ޑިއުޓީ އަދާ ކުރެވޭނެ މީހެއް ކަމުގައިވުން
ސުންގަޑި:
މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2017 އޭޕްރިލް 04 ވާ އަންގާރަ ދުވަހުގެެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯރމް މި ކުންފުނީގެ ހެޑް އޮފީސް ކައުންޓަރުން ނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
ނޯޓް:
- އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސްލިބޭ ފަރާތްތަކެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
އެޑްރެސް:
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑް އޮފީސް
ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345
ފޯން: 3344264 ވެބްސައިޓް: www.sto.mv އީމެއިލް: [email protected]
29 މާރިޗު 2017
|