ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ލޭބަރުން ބޭނުންވެއްޖެ

މަޤާމް :ލޭބަރ
ބޭނުންވާ އަދަދު :12

އިޢުލާން

ވަޒީފާގެ ފުރުޞަތު:                                                                                                                      

މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް: ލޭބަރ

ބޭނުންވާ ޢަދަދު: 12 (ބާރަ)

މުސާރަ: -/3240 ރުފިޔާ

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (3 މަސް ދުވަސް)

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ސުޕަމާޓް ވެއަރހައުސް

އެހެނިހެން ޢިނާޔަތް:

  • އިތުރު އެލަވަންސްގެގޮތުގައި މަހަކު -/2000 ރުފިޔާއާއި -/2500 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ ދެވޭނެއެވެ.
  • އިތުރުގަޑީގައްޔާއި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެއެވެ.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ރޯދަމަހުގައި ގެންނަ މުދާ (ފިޔާ، އަލުވި އަދި ބިސް) ގުދަނުގައި ޖެހުމާއި ސާފުކުރުން                                

ތަޢުލީމާއި ތަޖުރިބާ:

  • އަސާސީ ތަޢުލީމީ ފެންވަރު ހުރުމާއި ދިވެހި ބަސް ލިޔަން ކިޔަން އެނގުން
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 އޭޕްރިލް 12 ވާ ބުދަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

އެޕްލިކޭޝަން ފޯމު އެސްޓީއޯގެ ހެޑް އޮފީހުގެ ރިސެޕްޝަނުންނާއި އެސްޓީއޯގެ ވެބްސައިޓުން ވެސް ލިބެން ހުންނާނެއެވެ.

ނޯޓް:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މިމަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސްލިބޭ ފަރާތްތަކެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު/ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ، ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344261 ވެބްސައިޓް: www.sto.mv އީމެއިލް: [email protected]

29 މާރިޗު 2017

 

 

 

29 މާރިޗު 2017
ހޯދާ