ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ބުކްމާރކް މުބާރާތް 2017

 

ބުކްމާރކް މުބާރާތް 2017

ތަޢާރަފު

23 އެޕްރީލްއަކީ ދުނިޔޭގެ ފޮތުގެ ދުވަހެވެ. މިދުވަސް ފާހަގަކުރުމަށްޓަކައި ޤައުމީ ކުތުބުޚާނާއިން އިންތިޒާމް ކޮށްގެން އުމުރުން 6 އަހަރާއި 12 އަހަރާ ދެމެދު ކުދިންނަށް ހުޅުވާލެވިގެން ބުކްމާރކް މުބާރާތެއް ބާއްވަންވަނީ ނިންމާފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެކުއްޖަކަށް އެންމެ ރީތި ވާހަކައެއް ނުވަތަ އެންމެ ފަހުން ކިޔައިނިންމި ވާހަކައަކަށް ބިނާކޮށް ބުކްމާރކްއެއް ކުރެހިދާނެއެވެ.  

މަޤްޞަދު

މިމުބާރާތަކީ ޅައުމުރުގެ ކުދިންގެ މެދުގައި ފޮތް ކިޔުމަށް ލޯބިޖެއްސުމާއެކު އުފެއްދުންތެރި ޚިޔާލު ކުރިއެރުމުގެ މަޤްޞަދުގައި ޤައުމީ ކުތުބުޚާނާއިން އިންތިޒާމްކުރާ މުބާރާތެކެވެ.

މުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތައް

މިމުބާރާތުގައި ބައިވެރިވެވޭނީ އުމުރުން 6 އަހަރާއި 12 އަހަރާ ދެމެދު ކުދިންނަށެވެ.

މުބާރާތަށް ހުށައެޅޭ ބުކްމާރކްގައި ހުންނަންޖެހޭ ޝަރުތުތައް

  • ޓެމްޕްލޭޓް ޕްރިންޓްކުރަންވާނީ A4 ހުދު ކަރުދާހަށެވެ. ޓެމްޕްލޭޓް ކޮޕީ ނެގުމުގައި ބޮޑުކޮށް، ކުޑަކޮށް ހަދައިގެން ނުވާނެއެވެ
  • މިމުބާރާތަށްޚާއްޞަކޮށްގެން ތައްޔާރުކުރެވިފައިވާ ޓެމްޕްލެޓްގައި ބުކްމާރކް ކުރެހުން
  • ޓެމްޕްލޭޓްގައި ބުކްމާރކް ކުރެހިފަރާތުގެ މަޢުލޫމާތު އަދި ބުކްމާރކް ނިސްބަތްވާ ފޮތުގެ މަޢުލޫމާތު ފުރިހަމަކުރަންވާނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ ފޯމްތައް ބާޠިލްކުރެވޭނެއެވެ.
  • ބުކްމާރކް ވާންވާނީ ކުރަހާ ފަރާތުގެ އަމިއްލަ އުފެއްދުމަކަށެވެ. ކޮމްޕިއުޓާރ ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.
  • ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 ބުކްމާކެވެ.
  • ބުކްމާރކް ކުރެހުމަށް ޚިޔާރުކުރާ ފޮތަކީ ކުޑަކުދިންގެ ފޮތަކަށް ވުމާއެކު ފޮތް ލިޔެފައި އޮންނަންވަނީ އިނގިރޭސި ނުވަތަ ދިވެހި ބަހުންނެވެ.
  • ހުށަހެޅޭ ބުކްމާރކް އޮންނަންވާނީ ކިޔަން އެނގޭ ފަދަ ސާފު ލިޔުމުންނެވެ.

 

އިންސާފްކުރުމަށް ބަލާނެ މިންގަނޑުތައް

  • ނިސްބަތްވާ ފޮތް ސިފަވާާ މިންވަރު
  • އުފެއްދުންތެރި ޚިޔާލު، ހުށަހެޅުންތެރިކަަން އަދި ޝައުޤުވެރިވާ މިންވަރު

 

އިތުރު މަޢުލޫމާތު އަދި ބައިވެރިވުމަށް އެދޭ ފޯމް ޤައުމީ ކުތުބުޚާނާގެ ވެބްސައިޓް www.nlm.gov.mv އިން ލިބެން ހުންނާނެއެވެ. މިމުބާރާތަށް ހުށައެޅޭ ބުކްމާރކް ބަލައިގަނެވޭނެ އެންމެފަހުގެ ތާރީޚަކީ 2017 އެޕްރީލް 13 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 އެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3340981 ފޯނު ނަންބަރަށެވެ.  

27 މާރިޗު 2017
ހޯދާ