ތ. ގުރައިދޫ ޞިއްޙީ މަރުކަޒު، ތ. ގުރައިދޫ
ދިވެހިރާއްޖެ
ރިސެޕްޝަނިސްޓް

 

 

 

 

ތ.ގުރައިދޫ ޞިއްޙީމަރުކަޒު

         ތ.ގުރައިދޫ ،ދިވެހިރާއްޖެ

                                                ވަޒީފާގެ ފުރުޞަތު 

ރިސެޕްޝަނިސްޓް

ނަންބަރު: 01/2017/ N5-SM

                      އިޢުލާން

 

މަޤާމް :                   ރިސެޕްޝަނިސްޓް 

މަޤާމްގެ ނަންބަރު:          

ބޭނުންވާ އަދަދު :             01 

މަޤާމްގެ ގިންތި :             ދާއިމީ

މަޤާމްގެ ރޭންކް :             ޖީ.އެސް 3

މަޤާމްގެ ކްލެސިފިކޭޝަން:        އޮފިސަރ ގރ1

ސެކްޝަން :               

މަޤާމް އޮތް އޮފީސް :          ތ. ގުރައިދޫ ޞިއްޙީމަރުކަޒު

ވަޒީފާ އަދާކުރަން ޖެހޭ ތަން :     ތ. ގުރައިދޫ ޞިއްޙީމަރުކަޒު

މުސާރަ :                  4465.00 ރުފިޔާ

ސަރވިސް އެލެވަންސް :         1500.00 ރުފިޔާ

އިތުރު ޢިނާޔަތްތައް :           1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް

                        2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

                        3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

                        4. މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް ކަނޑައެޅިފައިވާ އަދަދަށް ރިސްކް އެލަވަންސް.

 

މަޤާމްގެ މަސްއޫލިއްޔަތުތަކާއި       

ވާޖިބްތައް :         1. ރިސެޕްޝަނަށް އަންނަ ފޯންކޯލްތަކަށް ޖަވާބްދާރީވުމާއި ،ބަލިމީހުންނަށް އެޕޮއިންޓްމެންޓް          ހަމަޖައްސައި ދިނުން                                            

  1. 2.  ޞިއްޙީމަރުކަޒަށް ޒިޔާރަތްކުރާ ފަރާތްތަކަށް މަޢުލޫމާތުދީ މަގުދައްކައި ދިނުން

3. އެޕޮއިންޓްމެންޓް ހަމަޖައްސާފައިވާ ފަރާތްތަކަށް ގަވާއިދާ އެއްގޮތަށް ރަޖިސްޓްރީކޮށް    ކަނޑައަޅާފައިވާ ތަރުތީބުން މެމޯ ދޫކުރުން .

4. އެމްބިއުލާންސްގެ ޚިދުމަތަށް އެދޭ ފަރާތްތަކަށް ލަސްނުކޮށް އެޚިދުމަތް ލިބޭނެ އިންތިޒާމުހަމަޖައްސައި ދިނުމާއި ކަމާގުޅޭ މަޢުލޫމާތު ސާފްކޮށްދިނުން

  1. 5.  މެޑިކަލް ސެޓްފިކެޓް ،ޑިސްޗަރޖް ސަމަރީ، ރިފަރަލް ލެޓަރ ފަދަ ތަކެތި  ޓައިޕްކުރުން
  2. 6.  ރިސެޕްޝަނަށް ބޭނުންވާ ސްޓޭޝަނަރީ ހޯދާ ހަމަކުރުން
  3. 7.  ފައިލްކުރަންޖެހޭ ރިކޯޑުތައް ތަރުތީބުން ފައިލްކޮށް ބެލެހެއްޓުން    

                                                 

މަޤާމްމުގެ ޝަރުތުތަޢް  :     1. ޖާނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު ޖާނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން . ނުވަތަ

                       2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ' ޑީ ' ގްރޭޑް ލިބިފައިވުމާއެކު      ސެކަންޑަރީ ސްކޫލް ސެޓްފިކެޓު އިމްތިޙާނުގައި ' ދިވެހި' މިމާއްދާއިން ދަށްވެގެން  ' ސީ ' ގްރޭޑް ލިބިފައިވުން

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް

ހޮވުމަށް ބެލޭނެ ކަންތައްތައް :    1. ހާސިލުކޮށްފައިވާ ތަޢުލީމާއި ،ތަމްރީނަށް ބަލައިގެން .

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން .

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން .  

  

ހުށަހަޅަންޖެހޭ ލިޔުންތައް :      1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ  ލިޔުންތައް ފެންނަ ،އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

       

        (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން  ފެންވަރު ބައްލަވާފައިވާ ތަޢުލީމީ  ސެޓްފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ )

        (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ  މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ކޮޕީ.

        (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ    ސެޓުފިކެޓުތަކުގެ ކޮޕީ.

6. ފުރިހަމަކޮށްފައިވާ ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ  ކޮޕީ .

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ .

8. މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ            

        (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ ، އެ  ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި  މަސައްކަތް ބަޔާންކޮށް  އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

        (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ   އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި

ސުންގަޑި:                     ވަޒީފާއަށް އެދޭ ފޯމު  ތ.ގުރައިދޫ ޞިއްޙީމަރުކަޒުގެ ކައުންޓަރުން  ލިބެންހުންނެއެވެ.

                           އަދި ސިވިލް ސަރވިސް www.csc.gov.mv ވެބްސައިޓުން މި ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  12 އޭޕްރީލް2017 ވާ ބުދަ ދުވަހުގެ 14.00ގެ ކުރިން ތ.ގުރައިދޫ ޞިއްޙީމަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ.އީ -މެއިލް އެޑްރެހަކީ،[email protected]އެވެ.

                              އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ        

ތަނާއި،މުއްދަތު   :                         މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ  12 އޭޕްރީލް  2017އާއި

                            23 އޭޕްރީލް 2017 އާދެމެދު ތ.ގުރައިދޫ ޞިއްޙީމަރުކަޒުގައެވެ. ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

                                                                               

ޝޯޓް ލިސްޓްކުރުން :                    މިވަޒީފާއަށް އެދި ހުށަހަޅާ،ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10އަށް ވުރެ ގިނަ

                            ނަމަ، ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތް

                            ތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެ

                             އެވެ.

މަޤާމަށް މީހުންހޮވުމަށް

ކަނޑައަޅާ            ފައިވާ ކްރައިޓީރިއާގެ

ހުރިހާ ބަޔަކުން އެންމެ ދަށްވެގެން

ލިބެންޖެހޭ ޖުމްލަ އިންސައްތަ   :         %30 (ތިރީސް އިންސައްތަ)

   

އިތުރު މަޢުލޫމާތު ހޯދުން :             މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފްކުރުމަށް ގުޅާނީ 6780078 ނަންބަރ ފޯނާ                          އެވެ. އީމެއިލް ކުރާނީ  [email protected] އަށެވެ.   

                                  

      

                                        30 މާރިޗު 2017               

30 މާރިޗު 2017
ހޯދާ