މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއާޕޯޓުން ބަނދަރަށް ދިއުމަށްޓަކައި ތާރުއަޅައިގެން ހަދާފައިވާމަގު ދިއްލުމަށް ބޭނުންވާ ތަކެތި ގަންނަން ބޭނުންވެއްޖެ

ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓުން ބަނދަރަށް ދިއުމަށްޓަކައި ތާރުއަޅައިގެން ހަދާފައިވާ މަގުދިއްލުމަށް ބޭނުންވާ ތަކެތި ގަނެގެން ބ. ދަރަވަންދޫއަށް ގެނެސްދެވޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރު: (IUL)318-PRO/318/2017/15 (13 މާރިޗު 2017) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައި ނުވާތީވެ، މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގަ އެވެ.

މަޢުލޫމާތު ދިނުން

2017 އެޕްރީލް 06 ބުރާސްފަތިދުވަހުގެ 11:00

އަންދާސީ ހިސާބު ހުށަހެޅުއްވުން

2017 އެޕްރީލް 12 ވާ ބުދަދުވަހުގެ 13:00

 އަންދާސީ ހިސާބާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ ނަމަ، އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ އެވެ.  އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. އަދި އަގު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގަ އެވެ.  އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6600002 ފޯނާއި ގުޅުއްވުން އެދެމެވެ.

30 މާރިޗު 2017
ހޯދާ