ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ފާމަސީ އެސިސްޓެންޓެއް ބޭނުންވެއްޖެ

60-ADM/2017/72: ނަންބަރު

 އިޢުލާން

 

 މިކުންފުނީގެ އިޢުލާން ނަމްބަރު: 60ADM/2017/70 ގެ އިޢުލާނަށް އެކަށީގެންވާވަރަށް ކެނޑިޑޭޓުން ލިބިފައި ނުވާތީ ތިރީގައި މިދަންނަވާ މަޤާމްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

 

މަޤާމް: ފާމަސިސްޓް / ސޭލްސް ރެޕްރެޒެންޓޭޓިވް ގރ1  (2 އަހަރު ދުވަހުގެ ކޮންޓްރެކްޓަށް  )

ޢަދަދު:01

އަސާސީ މުސާރަ: -/4350ރ

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ލ.އިސްދޫ ބޭސްފިހާރަ

 

 އެހެނިހެން އިނާޔަތްތައް:

* އިތުރު އެލަވަންސް: 1500.00ރ – 2450.00ރ އާއި ދެމެދުގެ ޢަދަދެއް ވަޒީފާގެ މަސްޢޫލިއްޔަތާއި ގުޅޭގޮތައް ހަޖައްސައިދެވޭނެ

* އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާއި ބެހޭ ޤާނޫންގައި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާލިބޭނެ

* މަތީތަޢުލީމް ޙާޞީލް ކޮށްފައިވާނަމަ ހަމަޖެހިފައިވާ ޢުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެ

* ހަމަޖެހިފައިވާ އުޞޫލުން މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 100 ރުފިޔާ އެޓެންޑެންސް އެލަވަންސްގެ ގޮތުގައި ލިބޭނެ

* މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަން އަށްފަހު)

 

މަޤާމްގެ މަސްޢޫލިއްޔަތު

  • ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދިނުން
  • ބޭހުގެ ތަފްޞީލް އަދި ބޭސް ބޭނުންކުރާނެ ގޮތް ކިޔާދިނުމަށްފަހު ބޭސް ދޫކުރުން
  • ހަރުތަކުގައި ބޭސް އެތުރުން
  • ޑިޕާރޓްމަންޓްގެ ޤަވައިދުތަކާއި އެއްގޮތަށް ފާމަސީގެ ލިޔެކިޔުންތައް ތައްޔާރުކުރުން
  • މުއްދަތުހަމަވާ ބޭސްތައް ބަލައި ރިޕޯޓު ތައްޔާރުކުރުން

 

ތަޢުލީމީ ތަޖްރިބާ:

* އެޑްވާންސް ސެޓްފިކެޓް އިން ފާމަސީ ނުވަތަ ޑިޕްލޮމާ އިން ފާމަސީކޯސް ފުރިހަމަކޮށްފައިވުން

* ޖީސީއީ އޯލެވެލް ފުރިހަމަކޮށްފައިވުން

* މައިކްރޯސޮފްޓް ވޯރޑް އަދި އެކްސެލް ބޭނުންކުރަން އެނގުން

 

އެހެނިހެން ހުނަރު:
* ދަތުރު ކުރެވޭނެ މީހެއްކަމުގައިވުން
* މުޢާމަލާތްކުރުމުގެ ހުނަރު ހުރުން

 

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 އޭޕްރިލް 2017 ގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯރމް މި ކުންފުނީގެ ހެޑް އޮފީސް ކައުންޓަރުން ނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

30TUhttp://www.stomaldives.com/downloads/އެސްޓީއޯ ވެބްސައިޓް:

 

ނޯޓް:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މިމަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސްލިބޭ ފަރާތެކެކެވެ.

ވަޒީފާ  ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

 

އެޑްރެސް:

ސްޓޭޓް ޓްރޭޑިން އޯރގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން:  /33443683344245     ފެކްސް:  3344041  އީމެއިލް:  [email protected]

 

                                                                                                                         

30 މާރިޗު 2017  

29 މާރިޗު 2017
ހޯދާ