ކޮނޑޭ ސްކޫލް، ގއ.ކޮނޑޭ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - މަސައްކަތު

މަޤާމް :މަސައްކަތު
ބޭނުންވާ އަދަދު :1

މަޤާމު: މަސައްކަތު (ދާއިމީ)

ބޭނުންވާ އަދަދު: 1 (އެކެއް)

ރޭންކް: އެސް.އެސް 1

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ތަން: ކޮނޑޭ ސުކޫލް

މުސާރަ: 3100.00 (ތިންހާސް އެއްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް: 1000.00 (އެއް ހާސް ރުފިޔާ)

ޝަރުތު: ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު ނުވަތަ ޤާބިލްކަން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކޮންމެ ދުވަހަކު މަދުވެގެން 1 ފަހަރު ސްކޫލްގެ ކުލާސް ރޫމްތަކާއި އޮފީސް، ފަރުނީޗަރުތަކާއި، މެޝިނަރީތައް ސާފުކުރުން.
  2. ކޮންމެ ދުވަހު މަދުވެގެން 2 ފަހަރު ސުކޫލުގެ ފާޙާނާތައް ސާފުކުރުން.
  3. ކޮންމެ ދުވަހަކުވެސް ސުކޫލުގެ އިދާރާއިން އަންގަން ހަވާލުކުރާ އެންގުންތައް މީހުންނަށް އަންގައި، ސުކޫލުގެ އިދާރާއިން ފޮނުވާތަކެތި އެތަކެތި ލިބެންވީ ފަރާތާއި ހަވާލުކުރުން.
  4. ކޮންމެ ދުވަހަކު މަދުވެގެން އެއްފަހަރު ސުކޫލުގެ ގޯތީގެ ކުރިމައްޗާއި، ކުރިމަތީ މަގު ސާފުކުރުން. 
  5. ކޮންމެ ހަފުތާއަކު 1 ފަހަރު ސުކޫލްގެ ގޯތިތެރޭގައި ހުންނަ ގަސްތައް ކޮށައި ސާފުކުރުމާއި، ގޯތިތެރެ ސާފުކޮށް ތަރުތީބުން ބޭއްވުން.
  6. މަދުވެގެން ހަފުތާއަކު 1 ފަހަރު ސުކޫލުގެ ފާރުތަކާއި، ދޮރާއި، ސީލިންގާއި، ބިއްލޫރިތަކާއި، ފަންކާއާއި، ބޮކި ފަދަ ތަކެތި ސާފުކޮށް ބެލެހެއްޓުން.
  7. މަދުވެގެން ހަފުތާއަކު 1 ފަހަރު ކުނިއުކާލަންޖެހޭ ސަރަހައްދަށް ކުނި އުކައިލުން.
  8. މަދުވެގެން މަހަކު 1 ފަހަރު ގިފިލިވަޅުގެ ދިޔަ ހިއްކުން.
  9. ސުކޫލުގެ ގުދަންތައް ބެލެހެއްޓުމާއި، ގުދަނަށް ވައްދަންޖެހޭ ތަކެތި ވައްދައި، ނެރެންޖެހޭ ތަކެތި ނެރެ އެކަމާ ބެހޭ އެންމެހައި ކަންކަން ބެލެހެއްޓުން.
  10. ސުކޫލުން ޒިންމާވާގޮތަށް ރަށްރަށުން ވަޑައިގަންނަވާ ބޭފުޅުންގެ ފޮށި ފަދަ ތަކެތި ގެންދަންޖެހޭ ތަނަކަށް ގެންދިއުމާއި، އެ ތަކެތި އެ ތަންތަނުން  ބަނދަރަށް ގެންދިއުން.
  11. ކުރަންޖެހޭ މަސައްކަތާ ގުޅިގެން ހަވާލުކުރެވޭ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  12. ސުކޫލުން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، މަސައްކަތުގެ ދާއިރާއިން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައްކުރުން.
  13. ސުކޫލުގެ ގޯތިތެރެއާއި ސުކޫލުގެ ވަށައިގެންވާ މަގުތައް ސާފުކުރުން.

ވަޒީފާއަށް ޤާބިލްފަރާތެއް ހޯދުމަށް ބެލޭނެ ކަންތައްތައް:

ތަޢުލީމީ ސެޓިފިކެޓްތަކާއި، މަސައްކަތުގެ ހުނަރާއި ޤާބިލުކަމަށް ބެލޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 7 ދުވަހުގެ ތެރޭގައި އިންޓަވިއު އޮންނާނެ ތަނާއި ގަޑި ޝަރުތު ހަމަވާ ފަރާތްތަކަށް އެންގޭނެއެވެ.

އުޖޫރައާއި އިނާޔަތްތައް:

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
  • މަޤާމުގެ މަސައްކަތާއި ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

ހުށަހަޅުއްވަންޖެހޭ ތަކެތި:

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ކޮނޑޭ ސުކޫލު އިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ  www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:
  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިންބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
  • ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  • ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުންދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)
  • ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ތަކެތި ހުށަހެޅުމުގެ ސުންގަޑި:

13 އެޕްރީލް 2017 ވަނަ ދުވަހުގެ 14:00ގެ ކުރިން.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ކޮނޑޭ ސުކޫލަށެވެ. 

29 މާރިޗު 2017
ހޯދާ