މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ގެޓްސެޓް ޕްރޮގްރާމް 2017 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

އިޢުލާން

ގެޓްސެޓް ޕްރޮގްރާމް 2017 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

 

17 ނޮވެމްބަރު 2014 ގައި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އަބްދުﷲ ޔާމީން އިފްތިތާހު ކޮށްދެއްވި ޒުވާން ވިޔަފާރިވެރިންގެ ލޯނު ޕްރޮގްރާމް ކަމަށްވާ، ގެޓްސެޓް ޕްރޮގްރާމްގެ 2017 ވަނަ އަހަރުގެ ބުރުގައި ބައިވެރިވުމަށް އެޕްލިކޭޝަން ފޯރމުތައް 30 މާރޗް 2017 ވަނަދުވަހުން ފެށިގެން ލިބެންހުންނާނެއެވެ. އަދި ފޯމް ހުށަހެޅުން 16 އޭޕްރިލް 2017 އިން ފެށިގެން 27 އޭޕްރިލް 2017ގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10.00ން މެންދުރު 14:00 އަށް ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އެޕްލިކޭޝަން ފޯރމްގެ ސޮފްޓް ކޮޕީ މިމިނިސްޓްރީގެ ވެބްސައިޓް  (www.trade.gov.mv)ގައި ލިބެން ހުންނާނެއެވެ، އެޕްލިކޭޝަންގެ ފޯރމުގެ ހާރޑްކޮޕީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގު( ގްރައުންޑް ފްލޯރ އޮފީހުން) އަދި މިނިސްޓްރީގެ ހުރިހާ ބިޒްނަސް ސެންޓަރތަކުން ލިބެން ހުންނާނެއެވެ.

އަދި މިމިނިސްޓްރީއިން އެޕްލިކޭޝަން ފޯރމް ހުށަހެޅުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ބަލައިގަންނާނީ ފުރިހަމަަ ކުރައްވާފައިވާ އެޕްލިކޭޝަން ފޯރމުގެ ހާރޑް ކޮޕީއާއި އީމެއިލްގެ ([email protected]) ޒަރިއްޔާއިންނެވެ. އަދި މުއްދަތު ހަމަވުމަށްފަހު ހުށަހެޅޭ އެއްވެސް ފޯރމެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އެޕްލިކޭޝަން ފޯރމާއިއެކު ހުށަހަޅަންޖެހޭ ތަކެތި އެޕްލިކޭޝަން ފޯރމުގައި ބަޔާންކޮށްފައިވާނެއެވެ. އަދި އެޕްލިކޭޝަން ފޯރމާއިއެކު ހުށަހަޅަންޖެހޭ ތަކެތި ފުރިހަމަޔަށް ހުށަހަޅުއްވާފައި ނެތްނަމަ އެއެޕްލިކޭޝަން ފޯރމް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. 

ގެޓްސެޓް އެޕްލިކޭޝަން ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ:

 

1- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގު( ގްރައުންޑް ފްލޯރ އޮފީހުން)
2- ހދ.ކުޅުދުއްފުށި ބިސްނަސް ސެންޓަރ،
3- ލ.ފޮނަދޫ ބިސްނަސް ސެންޓަރ،
4- ސ.ހިތަދޫ ބިސްނަސް ސެންޓަރ،
5- ޅ.ނައިފަރު ބިސްނަސް ސެންޓަރ،
6- ގދ.ތިނަދޫ ބިސްނަސސެންޓަރ
7- ދ.ކުޑަހުވަދޫ ބިސްނަސް ސެންޓަރ
 
އީމެއިލް: [email protected] 
 

01 ރަޖަބު 1438

29 މާރޗް 2017

 

29 މާރިޗު 2017
ހޯދާ