މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އިންފްލުއެންޒާ ވެކްސިންއާއި ބެހޭ

 

އިޢުލާން

 

                   މިވަގުތު ރާއްޖޭގައި މެދުވެރިވެފައިވާ ހާއްސަ ހާލަތަށް ރިޢާޔަތްކޮށް "ރެސްޓްރިކްޓެޑް ފޮރ ނޭޝަނަލް ޕްރޮގްރާމްސް" ގެ ގޮތުގައި އެޕްރޫވްޑް ޑްރަގް ލިސްޓްގައި ގިންތިކުރެވިފައިވާ އިންފްލުއެންޒާ ވެކްސިން (P369) "ކޮންޓްރޯލްޑް ޕްރިސްކްރިޕްޝަން އޮންލީ މެޑިސިން" ( ކޮންޓްރޯލްޑް ޕީ އޯ އެމް) އަށް ވާނީ ބަދަލު ކުރެވިފައެވެ.

 

                   މިބަދަލާއި އެކު ބޭސް އިމްޕޯރޓް ކުރުމުގެ ހުއްދަ އޮތް ފަރާތްތަކަށް، މިވެކްސިން އިމްޕޯރޓް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ނަމަވެސް މިވެކްސިން އިމްޕޯރޓް ކުރުމުގެ ކުރިން، ޤަވާއިދާއި އެއްގޮތަށް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ނެންގެވުން އެދެމެވެ.

                 

                މީގެ އިތުރުން، ވެކްސިން އުފުލާ ގެންގުޅުމުގެ ހުރިހާ މަރުހަލާއެއްގައިވެސް (ވެކްސިން ޖެހުމާއި ހަމައަށް) މިންގަނޑުތަކާއި އެއްގޮތަށް ހާއްސަކޮށް ކަނޑައެޅިފައިވާ ފިނިހޫނުމިން ހިފެހެއްޓުމަށް ސަމާލުވުމަށް ދަންނަވަމެވެ.

 

1 ރަޖަބް 1438

                                   

29 މާރިޗު 2017
ހޯދާ