ދިވެހިރާއްޖެ
ތާރީޚް: 28 މާރިޗް 2017 ނަމްބަރު:(IUL)438/438/2017/59
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ)
ގްރާންޓް ނަންބަރު: TF019383
މޮނިޓަރިންގް އިކުޔިޕްމަންޓް ހޯދުން - ރިޓެންޑަރ
އައި.އެފް.ބީ ނަންބަރު: 010/TF019383
1. ދިވެހި ސަރުކާރުންވާރލްޑްބޭންކުގެއެހީތެރިކަމާއެކު މޯލްޑިވްސް ކްލައިމެޓް ޗޭންޖް ޓްރަސްޓް ފަންޑު(ސީ.ސީ.ޓީ.އެފް)ގެ ދަށުން އެކުލަވާލެވި، ތަންފީޒު ކުރަމުންގެންދާ "ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް"ގެ މަޝްރޫޢު ހިންގުމަށް ލިބުނުއެހީއިން މޮނިޓަރިންގް އިކުޔިޕްމަންޓް ހޯދުމަށް ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.
2. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބޭނުމަށް މޮނިޓަރިންގް އިކުޔިޕްމަންޓް ސަޕްލައި ކުރުމަށް ޝަރުތުހަމަވާ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.
3. މި މަސައްކަތް ކުރާނެ ފަރާތެއް ހޮވާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގައި، ވޯލްޑްބޭންކު ގައިޑްލައިންސް: IBRD ލޯނު،IDA ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ގައުމުތަކުން ތަކެތިހޯދުމާއި މަސައްކަތް ކުރާނެ ފަރާތްތައް ހޯދުން- ޖަނަވަރީ 2011ގައި ތައްޔާރުކޮށް ޖުލައި 2014ގައި އިސްލާހުކޮށްފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިގެންނެވެ.
4. ބީލަމުގައި ބައިވެރިވުމަށް ތިރީގައިވާ އެޑްރެހަށް 2017 އެޕްރީލް 19 ވަނަ ދުވަހުގެ ދުވަހުގެ 14:00ގެ ކުރިން ލިޔުމަކުން ބީލަން ހުށަހެޅުމުގެ ޝައުގުވެރިކަން ފާޅު ކުރެއްވުމުން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރ ކޮށްދެވޭނެއެވެ. ބީލަން ފޮތްތައް ސޮފްޓް ކޮޕީ ފޯރމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
ޕްރޮޖެކްޓް މެނޭޖަރ
ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ)
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ،
ގްރީން ބިލްޑިންގ،
ހަނދުވަރީ ހިނގުން، މާފަންނު،
މާލެ، ދިވެހިރާއްޖެ
ޓެލެފޯން+960 3018 419 : ފެކްސް: +960 3018 301
އީ މެއިލް: [email protected]
5. މިމަސައްކަތަށް ހުށަހަޅާ ބީލަންތަކާއެކު ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާ ގޮތަށް "ބިޑް ސެކިޔުރިންގ ޑެކްލަރޭޝަން" ހުށަހަޅަން ޖެހޭނެވެ.
6. މި ޕްރޮޖެކްޓަށް ހުށަހަޅާ ބީލަންތަކުގެ މުއްދަތަކީ ބީލަން ހުޅުވާ ތާރީޚުން ފެށިގެން 91 (ނުވަދިހަ އެކެއް) ދުވަހެވެ. ބީލަން ހުޅުވުން އޮންނާނީ 2017 އެޕްރީލް 20 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.
7. މި ޕްރޮޖެކްޓުގެ ބީލަންތައް އިވެލުއޭޓް ކުރުމުގައި ބަލާނެ މިންގަނޑުތަކުގެ ތެރޭގައި:
· ފާއިތުވި 2 (ދޭއް) އަހަރު ދުވަހުގެ ތެރޭގައި މިޕްރޮޖެކްޓާ އެއްވަރުގެ އެހެން މަސައްކަތެއް ކޮށްފައިވުން
· މިމަސައްކަތަށް ކަނޑައެޅޭ މުއްދަތުގެ ތެރޭ މިމަސައްކަތް ނިންމޭނެވަރުގެ ފައިނޭންޝަލް ކެޕޭސިޓީ ހުރުން
މިއާ ގުޅޭ އިތުރު މަޢުލޫމާތު ބިޑް ޑޮކިޔުމަންޓްގައި އެކުލެވިގެންވާނެއެވެ.