މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
ިއޮފީހުގެ އަހަރީ ރިޕޯޓް ދިވެހިބަހަށް ތަރުޖަމާކުރަން ބޭނުންވެއްޖެއެވެ

އިޢުލާން

      

 

މިއޮފީހުގެ އަހަރީ ރިޕޯޓް ދިވެހިބަހަށް ތަރުޖަމާކުރަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:

ތާރީޚު: 04 އޭޕްރީލް 2017 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޢުމަރު ޝޮފިންގ އާކޭޑް، 8 ވަނަ ފަންގިފިލާ)

 

ޕްރޮޕޯސަލް ބަލައިގަތުން:

ތާރީޚު: 11 އޭޕްރީލް 2017 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޢުމަރު ޝޮފިންގ އާކޭޑް، 8 ވަނަ ފަންގިފިލާ)

 

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެކަމުގައި ބައިވެރިވެވަޑައިނުގެންނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 1441 އާ ގުޅުއްވުން އެދެމެވެ.  އަދި އީމެއިލް އިންނަމަ  [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

 

28 ޖުމާދަލް އާޚިރާ 1438 ހ

                              27 މާރިޗް 2017 މ

27 މާރިޗު 2017
ހޯދާ