މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ށ.މިލަންދޫ ޞިއްޙީމަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

   

                 

                          އިޢުލާން

 

            ށ.މިލަންދޫ ޞިއްޙީމަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2017 މާރިޗު 30 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ނުވަތަ ށ.ފުނަދޫ އަތޮޅު ހޮސްޕިޓަލަށް ނުވަތަ ށ.މިލަންދޫ ޞިއްޙީމަރުކަޒަށް  ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 އޭޕްރިލް 04 ވާ އަންގާރަ ދުވަހު ހެނދުނު 11:00 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ނުވަތަ ށ.ފުނަދޫ އަތޮޅު ހޮސްޕިޓަލަށް ނުވަތަ ށ.މިލަންދޫ ޞިއްޙީމަރުކަޒަށް   ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

28 ޖުމާދަލްއާޙިރާ 1438

   

27 މާރިޗު 2017
ހޯދާ