މޯލްޑިވްސް ސެންޓަރ ފޮރ އިސްލަމިކް ފައިނޭންސް ލިމިޓެޑް
ދިވެހިރާއްޖެ
މާކެޓިންގ އެޖެންސީއެއް ހޯދުން

މި ސެންޓަރގެ ފަރާތުން މާކެޓިންގ އެޖެންސީއެއް ހޯދުމަށް 21 މާރޗް 2017 ގައި ކުރެވުނު އިޢުލާން ނަންބަރ: (IUL)MCIF/2017/03ގެ މަޢުލޫމާތުގެ ކުށެއް ހުރުމުން، އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.

މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް ލިމިޓަޑަށް މާކެޓިންގ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތާއި ބެހޭ ޓާމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި ކުންފުނީގެ ވެބްސައިޓްގެ އެނައުންސްމެންޓްސް ޕޭޖްގައި (http://mcif.mv/category/notices/) ޝާއިޢުކުރެވިފައިވާނެއެވެ.

މަސައްކަތުގެ އަގެއްގެ ގޮތުގައި ހުށަހަޅާނީ މަސައްކަތް ކުރުމަށް ހުށަހަޅާ މަހު ފީ އެކެވެ. ބިޑް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ބިޑް ކާމިޔާބުކުރާ ފަރާތާއެކު 06 މަސް ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކުރެވޭނެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 އޭޕްރީލް  2017 ވާ އާދިއްތަ ދުވަހުގެ 14:30 އަށް މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް ލިމިޓަޑަށް (މ.ސަކައިމޫ،ތިންވަނަ ފަންގިފިލާ)އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުމަށް އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ 3008300 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 

ކުންފުނީގެ އެޑްރެސް:

މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް ލިމިޓެޑް

މ. ސަކައިމޫ (މޫކާއި ސުއިޓްސް)، ތިންވަނަ ފަންގިފިލާ، ހަވީރީ ހިނގުން

މާލެ، ދިވެހިރާއްޖެ

 

28 ޖުމާދަލްއާޚިރު 1438

26 މާރޗް 2017

26 މާރިޗު 2017
ހޯދާ