ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމް :ސީނިއަރ އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ
ބޭނުންވާ އަދަދު :1

`

ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާ

          ވަށަފަރު

        ދިވެހިރާއްޖެ

 

                                            ނަންބަރ: (IUL)250-cb/250/2017/8 

އިޢުލާން

 

 

 

މި އިދާރާގެ މިދަންނަވާ މަޤާމަށް މީހަކު ބޭނުން ވެއްޖެއެވެ.

މަޤާމު

ސީނިއަރ އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ (ދާއިމީ)

މަޤާމުގެ ނަންބަރ

J-222457

ބޭނުންވާ ޢަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް.އެސް 02 (މެނޭޖީރިއަލް ސަރވިސް 02)

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ސެކްޝަން

އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ސޯޝަލް ސަރވިސް ސެކްޝަން

މަޤާމު އޮތް އޮފީސް

ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން

ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާ

މުސާރަ

6295.00 ރުފިޔާ

ސަރވިސް އެލެވަންސް

2000.00 ރުފިޔާ

އިތުރު އިނާޔަތްތައް

1-  ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2-  ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3-     ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި ބަންދުވަހުގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ރަށުކައުންސިލުން ނިންމާ ކަންތައްތައް ތަންފީޒުކުރުމުގައި އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ސޯޝަލް ސަރވިސް އަށް ޙަވާލުކުރެވޭ މަސައްކަތްތައް މުވައްޒަފުންލައްވާ ކުރުވުމާއި، މުވައްޒަފުންގެ މަސައްކަތްތައް ބަލައި ކައުންސިލަށާއި ޒިންމާދާރުވެރިޔާއަށް ޖަވާބުދާރީވުން.

2. ސަރުކާރުގެ ބިނާވެށި ޕްލޭނާއި އެއްގޮތަށް ރަށުގެ ލޭންޑްޔޫސް ޕްލޭންތައްޔާރުކޮށް ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ނަގަންޖެހޭ އެންމެހައި ހުއްދަތައް ހޯދުމުގެ މަސައްކަތްކުރުން.

3. ރަށުގައި ހިންގާ ތަފާތު ޕްރޮޖެކްޓް ތަކުގެ މަސައްކަތްތައް ކުރާނެ ފަރާތްތައް ދަޢުލަތުގެ މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް އިޢުލާނުކޮށް އަދި އެކަމަށް އަންދާސީ ހިސާބުތައް ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމަތު އަންދާސީ ހިސާބު ބަލާ ކޮމިޓީއަށް ހުށަހަޅައި، އިވެލުއޭޓް ކުރުވައި އެކޮމިޓީން ކަނޑައަޅާ ފަރާތްތަކާއެކު ކުރެވޭ އެއްބަސްވުންތައް ތައްޔާރުކުރުމާއި، އެއާއެއްގޮތަށް ކުރެވޭ މަސައްކަތްތައް ހިނގާގޮތް ބެލުން.

4. އިޖުތިމާޢީ މަރުކަޒުތަކާއި ކުޅިވަރުކުޅޭ ޢާއްމުދަނޑުތަކާއި ބިންތައް ބެލެހެއްޓުމާއި ކުޅިވަރުގެ ވަޞީލަތްތަކާއި ޢާއްމު މުނިފޫހި ފިލުވުމާބެހޭ ޚިދުމަތްތައް ފޯރުކޮށްދިނުން.

5. އަތޮޅުކައުންސިލްގެ ލަފަޔާއި އިރުޝާދުގެ މަތިން އަދި ދިވެހިރާއްޖޭގެ ބިމާބެހޭ ޤައުމީ އިދާރާއިން ރަށު ކައުންސިލާ ޙަވާލުކޮށްފައިވާ ފަޅާއި ބިން ކައުންސިލުން ނިންމާ ގޮތެއްގެމަތިން  އެކި ބޭނުމަށް ކުއްޔަށްދޫކުރުމާއި ދިނުމުގެ މަސައްކަތްތައް ކުރުން.

6. އިޤްތިޞާދީ އަދި އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަޅުފަޅާއި އަދި އެނޫންވެސް ވަސީލަތްތައް ހޯދުމައި، އެފަދަ ތަންތަން ކައުންސިލުގެ ނަމުގައި މިލްކް ކުރުމާބެހޭ އެންމެހައި ކަންކަން ކައުންސިލުން ނިންމާ ގޮތެއްގެމަތިން ހިންގައި ބެލެހެއްޓުން.

7. ރަށުގެ ތިމާވެއްޓަށް ލިބިދާނެ ގެއްލުންތަކަށް މީހުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކައުންސިލުން ނިންމާ ނިންމުންތައް ރައްޔިތުންނަށް ފޯރުވައިދިނުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމާއި ކުރުވުން.

8. ރަށުގެ އިޤްތިޞާދީ ތަރައްޤީއާބެހޭ ކަންކަން ވިލަރެސްކުރުވައި، އަދި އެޚިދުމަތް ދިނުމަށް ތިއްބަވާ މުވައްޒަފުންގެ މަސައްކަތްތައް ހިނގާނުހިނގާގޮތް ބަލައި ސުޕަވައިޒްކޮށް އިސްލާޙްކުރަންޖެހޭ ކަންކަން އިޞްލާހްކޮށް ނަތީޖާ ނެރެވޭނެގޮތަށް މަސައްކަތްތަކާއި ޕްރޮގްރާމްތައް އިންތިޒާމް ކުރުވައި ހިންގުން.

9. ރަށުގެ ތަރައްޤީގެ ޕްރޮޖެކްޓްތަކާބެހޭ  އެންމެހައި ކަންކަން ވިލަރެސްކުރުވައި، އަދި އެޚިދުމަތް ދިނުމަށް ތިއްބަވާ މުވައްޒަފުންގެ މަސައްކަތްތައް ހިނގާނުހިނގާގޮތް ބަލައި ސުޕަވައިޒްކޮށް އިސްލާޙްކުރަންޖެހޭ ކަންކަން އިޞްލާހްކޮށް ނަތީޖާ ނެރެވޭނެގޮތަށް މަސައްކަތްތަކާއި ޕްރޮގްރާމްތައް އިންތިޒާމް ކުރުވައި ހިންގުން.

10. ޕީ.އެސް.އައި.ޕީގައި ހިމަނައިގެން ރަށުގެ ތަރައްޤީއަށް އެކުލަވާލަންޖެހޭ ޕްރޮޖެކްޓްތައް އެކުލަވާލައި ހުށަހަޅަންޖެހޭ މާއްދާތައް ހުށަހެޅުމާއި، އަދި އެފަދަ ޕްރޮގްރާމްތައް ތަންފީޒް ކުރުމާއި މޮނިޓަރ ކުރުމާއި ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓް ކުރުމުގައި އިސްވެ ހަރަކާތްތެރިވުން.

11. އެކިއެކި މިނިސްޓްރީތަކަށް ބޭނުންވާ ޢުމްރާނީ ތަރައްޤީއާބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމުގައި އިސްވެ ހަރަކާތްތެރިވުން.

12. ރަށުން ދިރިއުޅުމަށް ދޫކުރަންޖެހޭ ބަންޑާރަ ބިމާއި، އަދި އެހެނިހެން ބޭނުންތަކަށް ދޫކުރަންޖެހޭ ބިންތައް ކައުންސިލުން ނިންމާ ގޮތެއްގެ މަތިން ދޫކުރުމުގެ އެންމެހައި އިންތިޒާމްތައް ރަށުގެ ލޭންޑްޔޫސް ޕްލޭނާއި އެއްގޮތަށް ހަމަޖެއްސުން.

13. ރަށުގައި ގެންގުޅޭ އެއްގަމު އުޅަނދާއި ކަނޑު އުޅަނދުގެ ރަޖިސްޓްރީއެއް އެކުލަވާލައި ޓްރާންސްޕޯޓް އޮތޯރިޓީން އަންގަވާގޮތެއްގަމަތީން ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް ހެދުމުގެ އެންމެހައި މަސައްކަތްތައް ކުރުން.

14. ބިދޭސީންގެ ދަފްތަރު އެކުލަވައިލާ ބެލެހެއްޓުން.

15. ރަށުގައި ހިނގަމުންދާ ވިޔަފާރިތަކާއިބެހޭ އެންމެހައި މަޢުލޫމާތުއެއްކޮށް ވިޔަފާރިތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

16. ރަށާއިބެހޭ މައުލޫމަތު ފޯމް އެކުލަވާލައި ހަމަޖެހިފައި އޮންނަ އުސޫލުން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

17. ކައުންސިލްގެ އިދާރާއިން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

18. ޚާއްޞަ ހާލަތްތަކާއި ގުޅިގެންނާއި އިޖުތިމާޢީ ގޮތުން ކައުންސިލުން ކުރަންޖެހޭ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވުން.

 

މަޤާމުގެ ޝަރުޠުތައް:

1. ބިޒްނަސް މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޝަން، އޮފީސް މެނޭޖްމަންޓް، ކޮމާރސް އަދި ބިޒްނަސް ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ޚާޞިލްކޮށްފައި ވުމާއެކު، ބިޒްނަސް މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޝަން، އޮފީސް މެނޭޖްމަންޓް، ކޮމާރސް އަދި ބިޒްނަސް ގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،

2. ބިޒްނަސް މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޝަން، އޮފީސް މެނޭޖްމަންޓް، ކޮމާރސް އަދި ބިޒްނަސް ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ޚާޞިލްކޮށްފައި ވުމާއެކު، ބިޒްނަސް މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޝަން، އޮފީސް މެނޭޖްމަންޓް، ކޮމާރސް އަދި ބިޒްނަސް ގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،

3. ބިޒްނަސް މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޝަން، އޮފީސް މެނޭޖްމަންޓް، ކޮމާރސް އަދި ބިޒްނަސް ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ޚާޞިލްކޮށްފައިވުން. ނުވަތަ،

4. ބިޒްނަސް މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޝަން، އޮފީސް މެނޭޖްމަންޓް، ކޮމާރސް އަދި ބިޒްނަސް ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ޚާޞިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެމަތީ ސަނަދެއް ޚާޞިލްކޮށްފައިވުން.

 

 

 

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ސިވިލް ސަރވިސް ކޮމިޝަނުން 01 މެއި 2015 ގައި ޢަމަލު ކުރަން ފައްޓަވާފައިވާ" ސިވިލްސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަކުގެ ކްރައިޓީރިއާގައިވާ ގޮތުގެ މަތިން

 

ހުށަހަޅަންޖެހޭ ލިޔުންތައް

1.ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭފޯމް (ފޯމް މިއިދާރާގެ ކައުންޓަރުންނާއި ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓުން (www.csc.gov.mv) ލިބެންހުންނާނެއެވެ.

2.ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3.ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތުހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4.ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5.ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

         (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ( ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގުރާމުތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ )

         (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމްދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގުރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

         (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

7.ސިވިލް ސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

        (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

         (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމް ތިލަދުންމަތީ އުތުބުރީ ވަށަފަރު ކައުންސިލު އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 03 އޭޕްރީލް 2017 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލު އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ މެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅަފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 10 އޭޕްރީލް 2017ން 13 އޭޕްރީލް 2017 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލުގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

( މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމުލަ އިންސައްތައަކީ 30% އެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރ: 6500039 ފޯނާއެވެ. އީމެއިލް ކުރައްވާނީ [email protected]) )   އެޑްރެހަށެވެ.

 

 

24 ޖުމާދަލް އާޚިރާ 1438 

23 މާރޗް      2017  

 

23 މާރިޗު 2017
ހޯދާ