ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދޯނިއެހެލާ ޞަރަޙައްދުގައި ފެންވަޅެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް

މިރަށު ދޯނިއެހެލާ ޞަރަޙައްދުގައި ފެންވަޅެއް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި އިޢުލާން ނަމްބަރ  (IUL)268/2017/12 

ތާރީޚް 08 މާރޗް 2017 އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް އަންދާސީ ހުށަހަޅާފައި ނުވާތީ އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް

ހޯދުމަށް ބޭނުންވެއެވެ.

         ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2017 މާރޗް 27 ވާ ހޯމަދުވަހުގެ 13:00 އަށް

މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 2017 އޭޕްރިލް 05 ވާ ބުދަދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު

ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެވާހަކަ މިފުރުޞަތުގައި ދެންނެވީމެވެ.

މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރީ ގެއުސޫލުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް

އެކަނި ކަމުގައިދަންނަވަމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އަންދާސީ ހިސާބު ހުށަހެޅުމަށް ބޭނުންވާ ފަރާތުގެ

ސިޓީއެއް ހުށަހަޅަންވާނެއެވެ. މި ސިޓީގައި ބަދަލުގައި ހާޒިރުވާ މީހާގެ ނަމާއި އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު

ލިޔެފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަމްބަރ 6520042 އަށް ގުޅުއްވުން އެދެމެވެ.

22 މާރިޗު 2017
ހޯދާ