މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމް.ޓީ.ސީ.ސީ ގެ ފެރީ ނިޒާމުގައި ބޭނުންކުރަމަށް ފެރީ ކުއްޔަށްދޭނެ ފަރާތްތަކުގެ ރެޖިސްޓްރީއެއް އެކުލަވާލުން:

            މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ ޕލކ ގެ ހުޅުމާލެ ފެރީ ނިޒާމުގައި ފަސިންޖަރުން ގިނަ ގަޑިތަކުގައި ކުރަންޖެހޭ އިތުރުދަތުރު ކޮށްދިނުމަށް މިކުންފުނިންދޭ މިންގަނޑުތަކަށް ފެތޭ ފެރީ އުޅަނދުފަހަރު ކެޕްޓަނުންނާއި ފަޅުވެރިންނާއެކު ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. މިގޮތުން މިފަދަ ފެރީ އުޅަނދުފަހަރު ކުއްޔަށް ދިނުމަށް އެދިލައްވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުއްވުން އެދެމެވެ. ހުޅަހަޅުއްވާ ފެރީ އުޅަނދުފަހަރު މިކުންފުނީގެ ދަފްތަރެއްގައި ރަޖިސްޓަރީކޮށް ކުރަންޖެހޭ ދަތުރުތައް ކުރުމަށް ފުރުސަތު ދެމުން ގެންދެވޭނެއެވެ.

 

      މިފެރީތަކުގެ ކުލީގެ ގޮތުގައި ހަމަޖައްސާނީ މާލެ ހުޅުމާލެ ފެރީ ދެކޮޅު ދަތުރެއް އެންމެ ކުޑައަގެއްގައި ކޮށްދިނުމަށް އެއްބަސްވާ ފަރާތްތަކުގެ އަގުތަކެވެ. ދަތުރުކޮށްދިނުމަށް ހުށަހަޅާ ފެރީ ދުއްވުމަށް ކުރަންޖެހޭ ހުރިހާ ޚަރަދެއް ކުރާނީ ކުއްޔަށްދޭ ފަރާތުންނެވެ. އަދި ދަތުރުމަތީގައި އުޅެނިކޮށް އުޅަނދަށާއި އުޅަނދުގެ އިންޖީނަށް ދިމާވާ މައްސަލަތައް ޙައްލުކުރުމާއި، ފަސިންޖަރުންނާއެކު ކަނޑުމައްޗަށް ހުއްޓިއްޖެނަމަ ދަތުރުކުރާ ޓާމިނަލަށް ފަސިންޖަރުންނާއި އުޅަނދު ގެންދެވޭނޭގޮތް ހަމަޖެއްސުމަކީ ކުއްޔަށްދޭ ފަރާތުގެ މަސްއޫލިއްޔަތެކެވެ.

  

           ވީމާ މިކަންކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 މާރިޗް 22 އިން 2017 އެޕްރީލް 06 އާ ދެމެދު ކޮންމެ ދުވަހެއްގެ  10:00 އިން 15:00 އާ ދެމެދު މިކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާރޓްމަންޓްއަށް (އެމްޓީސީސީ ޓަވަރ 2 ވަނަ ފަންގިފިލާ) ވަޑައިގެން މައުލޫމާތު ކަރުދާސް ނެންގެވުން އެދެމެވެ.އަންދާސީ ހިސާބު ހުށަހެޅުއްވަން ވަޑައިގަންނަވާނީ 2017 އެޕްރީލް 09 ވަނަ ދުވަހުގެ 14:00 އަށް އެމްޓީސީސީ ޕްރޮކިއުމަންޓް ޑިޕާޓްމަންޓް، 2 ވަނަ ފަންގިފިލާ އަށެވެ.

22 މާރިޗު 2017
ހޯދާ