މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
އަބުރާބެހުމާބެހޭ

އިޢުލާން

އަބުރާބެހުމާބެހޭ

 

ޚިޔާލުފާޅުކުރުމާއި މަޢުލޫމާތު ފެތުރުމަށް ޤާނޫނުން ލިބިދޭ މިނިވަންކަން ދިރުވައި އާލާކުރުމާއި، އެކަންކަމާ ގުޅޭގޮތުން ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމަކީ ޤާނޫނު ނަންބަރު 2008/15 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު) ގެ 10 ވަނަ މާއްދާގެ (ހ) އިން މި ކައުންސިލާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތެކެވެ. އަދި މި ޤާނޫނުގެ 24 ވަނަ މާއްދާގެ (ޅ) ގައި ބަޔާންވެފައިވަނީ، ވަކިފަރާތަކަށް ރައްދުވާގޮތަށް ފާޑުކިޔައި ޚިޔާލުފާޅުކުރާކަމަށްވާނަމަ އެކަން ކުރަންވާނީ އިންސާފުވެރިކަމާއި ހަމަހަމަކަމާއެކުގައި ކަމަށެވެ.

 

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 33 ވަނަ މާއްދާގައިވަނީ، އެމީހެއްގެ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށެވެ. އަދި އަބުރާބެހުމުގެ ބަހާއި ޢަމަލަކީ ކޮބައިކަން، ޤާނޫނު ނަންބަރު 2016/15 ގެ 10 ވަނަ މާއްދާގެ (ހ) ގެ 1 އާއި 2 ގައި ވަނީ މިފަދައިންނެވެ.

 

  1. އަބުރާބެހުމުގެ ބަހަކީ، މީހަކަށް ނިސްބަތްކޮށް ދައްކާ ވާހަކައެއް ނުވަތަ ބުނާ ބަހެއް، ލިޔާ ލިޔުމެއް، ކުރަހާ ކުރެހުމެއް ނުވަތަ ތަސްވީރެއް، ކުރާ އިޝާރާތެއް ނުވަތަ ދައްކާ ޙަރަކާތެއް ނުވަތަ އިއްވާ އަޑެއްގެ ސަބަބުން މީހެއްގެ ނަމަށް ނުވަތަ ޤަދަރަށް ނުވަތަ ޢިއްޒަތަށް ނުވަތަ ކަރާމާތަށް އުނިކަން ލިބޭނޭފަދަ އެއްޗެއް ވިސްނިގެން، ދޭހަކުރެވިގެން، އިޙްސާސްކުރެވިގެން ނުވަތަ ސިފަކުރެވިގެންދާ ކޮންމެ ބަހެއް، ލިޔުމެއް، ކުރެހުމެއް ނުވަތަ ތަސްވީރެއް، އިޝާރާތެއް، ޙަރަކާތެއް ނުވަތަ އަޑެއް، ނުވަތަ
  2. ތިންވަނަ ފަރާތެއްގެ ނަޒަރުގައި ނުވަތަ މުޖުތަމަޢުގެ ކުރިމަތީގައި މީހެއްގެ ނަމަށް ނުވަތަ ޤަދަރަށް ނުވަތަ ޢިއްޒަތަށް ނުވަތަ ކަރާމާތަށް އުނިކަން ލިބިގެންދާނެ ފަދަ އެއްޗެއް، ވިސްނިގެން، ދޭހަކުރެވިގެން، އިޙްސާސްކުރެވިގެން ނުވަތަ ސިފަކުރެވިގެންދާ ކޮންމެ ބަހެއް، ލިޔުމެއް، ކުރެހުމެއް ނުވަތަ ތަސްވީރެއް، އިޝާރާތެއް، ޙަރަކާތެއް ނުވަތަ އަޑެކެވެ.

 

އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުން ބާރު ލިބިގެން އެކުލަވައިލައި ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ، އަބުރުރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ހަވަނަ ބާބުގެ ދަށުން ޖޫރިމަނާކުރުމާބެހޭ އުސޫލުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންވެފައިވާ ކަންކަމާމެދު ފިޔަވަޅުއެޅުމުގެ އިޚުތިޞާޞް ލިބިގެންވަނީ މޯލްޑިވްސް މީޑިއާ ކައުންސިލަށެވެ.

 

ވީމާ، އަބުރާބެހުމާބެހޭގޮތުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށާއި، މީޑިއާގައި ހާމަކުރެވޭ ހާމަކުރުމަކާ ގުޅިގެން ލިބިދާނެ ގެއްލުމަކުން މީޑިއާ ސަލާމަތްކުރުމަށްޓަކައި ހޭލުންތެރިކުރުވުމަކީވެސް މިކައުންސިލުގެ ޒިންމާއަކަށްވާތީ، މިކަންކަން ރައްޔިތުންނާއި މީޑިއާގެ ސަމާލުކަމަށް ގެނައުމަށްޓަކައި އިޢުލާންކުރީމެވެ.

17 ޖުމާދަލްއާޚިރާ 1438

16   މާރިޗް   2017

16 މާރިޗު 2017
ހޯދާ