ދިވެހިރާއްޖެ
އިއުލާން
ރީބްރޯޑްކުރުމުގެ ޤަވާއިދުގެ ޖޫރިމަނާ ފީ ތާވަލަށް އިސްލާހްގެނައުން
ޤާނޫނު ނަމްބަރ: 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު)ގެ 46ވަނަ މާއްދާގެ ދަށުން އެކުލަވާލައިފައިވާ ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދު (2012/R-20)ގެ ޖޫރިމަނާ ފީގެ ތާވަލަށް (ޖޫރިމަނާ އަދަދަށް) އަންނަނިވި އިސްލާހު ވަނީ ގެނެސްފައެވެ.
- 1. ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 11ވަނަ މާއްދާގެ (ބ)ގައި ބަޔާންކުރާ ޖަދުވަލު 2ގެ 10ވަނަ ނަމްބަރަށް އަންނަނިވި އިސްލާހު ގެނައުން
ޖަދުވަލު 2
ޖޫރިމަނާގެ ތާވަލު |
ނުދައްކާ އޮތް ފީގެ 0.05% (ސުމެއް ޕޮއިންޓް ސުމެއް ފަހެއް އިންސައްތަ) މި ގޮތުގެ މަތީން ޖޫރިމަނާކުރެވޭނީ ނުދައްކާއޮތް ފީގެ އަދަދުގެ ދެގުނަ ނުވަތަ 250,000/- (ދެލައްކަ ފަންސާސް ހާސް) ރުފިޔާ، މި ދެ އަދަދުންކުރެ ބޮޑު އަދަދަކާ ހަމައަށެވެ. |
މި ޤަވާއިދުގެ 11 ވަނަ މާއްދާގެ (ނ) އާ ޚިލާފުވުން. (ފާއިތުވާ ކޮންމެ ދުވަހަކަށް) |
10. |
މި ޤަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓްގައި 08 ފެބްރުއަރީ 2017ގައި ޝާއިއުކުރުމާ ގުޅިގެން އެ ދުވަހުން ފެށިގެން އަމަލުކުރަން ވަނީ ފެށިފައެވެ.
09 F 1438
08 މާރޗް 2017