ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ފާމަސީ އެސިސްޓެންޓެއް ބޭނުންވެއްޖެ

 

60-ADM/2017/69:ނަންބަރު


އިޢުލާން

 

ތިރީގައި މިވާ މަޤާމުތަކަށް ދެއަހަރުދުވަހުގެ ކޮންޓުރެކްޓަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަސައްކަތްކުރަންޖެހޭ ތަން

އަސާސީ މުސާރަ

ޢަދަދު

މަޤާމު

އެސް.ޓީ.އޯ ފ.މަގޫދޫ ފާމަސީ

3380/-ރ

1

ފާރމަސީ އެސިސްޓަންޓް

އެސް.ޓީ.އޯ ގދ.ފިޔޯރީ ފާމަސީ

3380/-ރ

1

ފާރމަސީ އެސިސްޓަންޓް

 

މަޤާމުގެ މަސްޢޫލިއްޔަތު

* ކަސްޓަމަރުންނަށް ތަނުންލިބެން ހުންނަ ޚިދުމަތް ފޯރުކޮށްދިނުން

* ބިލް ހެދުން

* މުއްދަތުހަމަވާ ބޭސްތައް ޗެކްކުރުންް

* ރެކްތަކުގައި ބޭސް ޖެހުން

* ކްރެޑިޓް ބިލް ޗެކްކުރުން   

* އާސަންދައިން ދޫކުރާ ބޭސްތަކުގެ ޓްރާންސެކްޝަންތައް ބެލެހެއްޓުން

ތަޢުލީމީ ތަޖްރިބާ

* އެޑްވާންސް ސެޓްފިކެޓް އިން ފާރމަސީ / ޓިވެޓް އޮންލައިން ކޯސް ފުރިހަމަކޮށްފައިވުން ނުވަތަ ޖީސީއީ އޯލެވެލް ފުރިހަމަކޮށްފައިވުން

* ފާމަސީ ކޯސްފުރިހަމަ ކޮށްފައިފާ ފަރާތެއް ވަޒީފާއަށް ހުށަހަޅާފައި ނުވާނަމަ، ކޯސްމިހާރު ފުރިހަމަކުރަމުންދާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

* މައިކްރޯސޮފްޓް ވޯރޑް އަދި އެކްސެލް ބޭނުންކުރަން އެނގުން

 

އެހެނިހެން އިނާޔަތްތައް:

* އިތުރު އެލަވަންސް: 1500.00ރ – 2450.00ރ އާއި ދެމެދުގެ ޢަދަދެއް ވަޒީފާގެ މަސްޢޫލިއްޔަތާއި ގުޅޭގޮތައް ހަޖައްސައިދެވޭނެ

* އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާއި ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާލިބޭނެ

* މަތީތަޢުލީމް ޙާޞިލް ކޮށްފައިވާނަމަ ހަމަޖެހިފައިވާ ޢުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެ

* ހަމަޖެހިފައިވާ އުޞޫލުން މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/ 100 (ސަތޭކަ ރުފިޔާ) އެޓެންޑެންސް އެލަވަންސްގެ ގޮތުގައި ލިބޭނެ

* މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަން އަށްފަހު)

ސުންގަޑި:

  • މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2017 މާރިޗް 25 ވަނަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑުރެހަށް ހުށަހެޅުއްވުން އެދެމެވެ.
  • އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.

ނޯޓު:

  • ހުށަހަޅުއްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީގައި އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާއެކުގައެވެ.
  • މިމަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި، މަސައްކަތު ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކުސްލިބޭ ފަރާތެކެވެ.
  • މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކަށް ބަލާފައެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސްރިޕޯރޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

 

އެޑްރެސް

  •  ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑު އޮފީސް
  • ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ – 20345
  • ފޯން: 3344368 / 3344179 ، ފެކުސް: 3344041 ، ވެބްސައިޓު: www.sto.mv
  • އީމެއިލް އެޑްރެސް: [email protected]

22 މާރިޗް 2017

20 މާރިޗު 2017
ހޯދާ