މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ލެބެން ލެބޯރެޓަރީސް ޕްރައިވެޓް ލިމިޓެޑް (އިންޑިޔާ) އިން އުފައްދާ GIM-25 ބެޗް ނަމްބަރގެ އިންޖެކްޝަންއާއި ބެހޭ

އިޢުލާން 

 

ލެބެން ލެބޯރެޓަރީސް ޕްރައިވެޓް ލިމިޓެޑް (އިންޑިޔާ) އިން އުފައްދާ ތިރީގައިވާ GIM-25 ބެޗް ނަންބަރުގެ އިންޖެކްޝަން ފުޅިއެއްގައި ބިއްލޫރި ކޮޅެއް އޮތްކަން ފާހަގަ ކުރެވިފައިވާތީ މިކަން މިއޮތޯރިޓީން ބަލަމުން ދާކަމުގައި ދެންނެވީމެވެ.

އެހެންކަމުން މިބެޗުގެ އިންޖެކްޝަން އިމްޕޯރޓް ކުރުމާއި ވިއްކުމާއި ބޭނުންކުރުމަކީ މަނާ ކަމެއް ކަން އާއްމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.

Product Name: Ultop

Strength: 40 mg Injection

Generic Name: Pantoprazole

Batch No: GIM-25

މީގެއިތުރުން މި ބްރޭންޑްގެ މިއިންޖެކްޝަން ގެ އެހެން ބެޗްތައް ބޭނުން ކުރާ ފަރާތްތަކާއި ސިއްޚީ ޚިދުމަތް ދޭ މަރުކަޒުތަކުން މިކަމަށް ސަމާލުވެ ވަޑައިގަތުމަށް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް މިއޮތޯރިޓީގެ 3014316 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 

   22 ޖުމާދަލްއާޚިރާ 1438 

21 މާރިޗު 2017
ހޯދާ