މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
މިއޮފީހުގެ ރިސެޕްޝަން އޭރިއާގައި ނަންބޯޑެއް ހަދައި ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

އިޢުލާން

      

 

 

މިއޮފީހުގެ ރިސެޕްޝަން އޭރިއާގައި ނަންބޯޑެއް ހަދައި ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:

ތާރީޚު: 29 މާރިޗް 2017 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޢުމަރު ޝޮފިންގ އާކޭޑް، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު(

 

ޕްރޮޕޯސަލް ބަލައިގަތުން:

ތާރީޚު: 05 އޭޕްރީލް 2017 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޢުމަރު ޝޮފިންގ އާކޭޑް، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު)

 

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެކަމުގައި ބައިވެރިވެވަޑައިނުގެންނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 1441 އާ ގުޅުއްވުން އެދެމެވެ.  އަދި އީމެއިލް އިންނަމަ  [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

 

22 ޖުމާދަލް އާޚިރާ 1438 ހ

                             21 މާރިޗް 2017 މ

21 މާރިޗު 2017
ހޯދާ