މަޤާމް :
|
ކޮންޓްރެކްޓް އުޞޫލުން މެއިލް ބެހުމަށް – ވިލިމާލެ
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މުސާރަ:
|
- މަސައްކަތަށް ނިކުންނަ ދުވަހަކަށް .00160 ރުފިޔާ (ސަތޭކަ ފަސްދޮޅަސް ރުފިޔާ)
|
އޮފީސް :
|
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
|
ޔުނިޓް :
|
މެއިލް އޮޕަރޭޝަންސް ޑިވިޜަން
|
ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:
|
- ދަށްވެގެން ގްރޭޑް ހަތެއްގެ ފެންވަރުހުރުމާއެކު ކުރާ އިންޓަރވިއުއިން ފާސްވުން ނުވަތަ
- ދިވެހިބަހާއި އިގިރޭސިބަހުން ލިޔެފައި ހުންނަ އެއްޗެތި ލިޔަންކިޔަން އެނގުމާއެކު ކުރާ އިންޓަރވިއުއިން ފާސްވުން.
- ވިލިމާލޭގެ ގެތަކާއި/އެޑްރެސް އަދި މަގުތަކަށް ފަރިތަވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- ޙަވާލުކުރެވޭ މަސައްކަތް ދުވަހުން ދުވަހަށް ނިންމޭ ފަދަ ޤާބިލް ފަރާތަކަށްވުން
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭފަދަ މީހަކަށްވުމާއެކު އިމާރާތްތަކަށް އަރާފޭބޭފަދަ ޞިއްހަތެއްގައި ހުރި މީހަކަށްވުން
- އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.
- ވޭތުވެދިޔަ 5 ( ފަހެއް ) އަހަރުދުވަހު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބެލެމުންދާ މީހަކުކަމުގައި ނުވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި، އިއުލާން ނަންބަރާއެކު)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ
- ވަޒީފާ އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެންމެފަހުން އަދާކުރި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން
- ޕޮލިސް ރިޕޯޓް ( ވަޒީފާއަށް ހޮވިއްޖެނަމަ، ހުށަހަޅަން ޖެހޭނެއެވެ. )
|
ސުންގަޑި:
|
މިމަޤާމަށް ޝައުޤުވެރިވާ ފަރާތްރަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2017 މާރިޗް 27 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ޕޯސްޓް ބިލްޑިންގުގެ 03 ވަނަ ފަންގިފިލާގައި ހުންނަ ހިއުމަން ރިސޯސަސް ސެކްޝަން ހުށަހެޅުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި " ވަޒީފާއަށް އެދި" މިހެން ޖަހަންވާނެއެވެ.
|
އިންޓަވިއު:
|
އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް އެދި ސިޓީ ހުޅަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
|
ސިޓީ އެޑްރެސްކުރާނެ ގޮތް:
|
މެނޭޖިންގ ޑިރެކްޓަރ
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
މާލެ، ދިވެހި ރާއްޖެ
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ސިޓީތަކާއި، ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލްކުރެވޭނެއެވެ.
- މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ، 3009273 ނަންބަރު ފޯނަށް ނުވަތަ 3009272 ނަންބަރު ފޯނަށް ނުވަތަ 300271 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 3321559 އެވެ.
|
22 ޖުމާދަލްއާހިރާ 1438
21 މާރިޗް 2017
|
|
|
|
|
|