ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލް ދަނޑުގައި 6 ބެންޗު ހެދުމާއި، ވަށާފާރު ކުލަ ލުމުގެ މަސައްކަތް

 

 ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ

    ތ. މަޑިފުށި، ދިވެހިރާއްޖެ

                                                                                                                          ނަމްބަރ: IUL) 384-A/2017/17) 

އިޢުލާން

 

ފުޓްސަލް ދަނޑުގައި 6ބެންޗް ހެދުމާއި، ވަށާފާރު ކުލަ ލުމުގެ މަސައްކަތް:

                    މި އިދާރާއިން މިރަށު ފުޓްސަލް ދަނޑުގައި 6ބެންޗު ހަދައި އަދި  ވަށާފާރުގައި ކުލަލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ IUL)384-A/2017/13) ނަމްބަރ އިޢުލާނާއި ގުޅިގެން މަސައްކަތުގެ މަޢުލޫމާތު ޝީޓްގައިވާ ޝަރުތުތައް ފުރިހަމަވާ ތިންފަރާތުން އަންދާސީ ހިސާބު ލިބިފައިނުވާތީ އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                    ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 28 މާރިޗު 2017ވާ އަންގާރަ ދުވަހުގެ 13:00އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފްކުރުމަށްފަހު، 05 އޭޕްރިލް 2017ވާ ބުދަ ދުވަހު 13:00އަށް މިއިދާރާއަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފް ކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.

 

                މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

              23 ޖުމާދުލްއާޚިރާ 1438  

              20 މާރިޗް 2017

20 މާރިޗު 2017
ހޯދާ