ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައިޑީ ކާޑު ހެއްދުމަށް އެދި

މިއަހަރު މެއި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓު ދިނުމަށްޓަކައި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދަން ބޭނުންވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ކާޑު ނުހެއްދި ތިބި ފަރާތްތަކުގެ ކާޑު ހައްދައި ދިނުމަށް ޑީ.އެން.އާރު އިން މަސައްކަތް ކުރަމުން ގެންދަވާކަމުގައި އެޑިޕާޓްމަންޓުން އަންގަވާފައިވެއެވެ.

                  ވީމާ، ކުޅުދުއްފުށީގައި ދިރިއުޅުއްވާ ފަރާތްތަކުން މިރަށުގައި ޤާއިމްކުރެވިފައިވާ ކަލެކްޓިން ސެންޓަރު މެދުވެރިކޮށް ކާޑު ހެދުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ދަންނަވަމަވެ.

20 މާރިޗު 2017
ހޯދާ