އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަޅުފުޅި އަޅާ ކުނިކޮށި ސާފުކުރުމާބެހޭ

އދ.ދިގުރަށު ކައުންސިލްގެ އިދާރާ

ދިގުރަށް،ދިވެހިރާއްޖެ.

 

  ނަންބަރު:353/2017/06

އިޢުލާނު

ދަޅުފުޅި އަޅާ ކުނިކޮށި ސާފުކުރުމާބެހޭ

 

          މިރަށު ދަޅުފުޅިއާއި ދަގަނޑުގެ ބާވަތްތައްއަޅާ ކުނިކޮށި ފުރިފައިވާތީ އެ ކުނިކޮށި ސާފުކުރަން ބޭނުންވެއްޖެއެވެ. ކުނިކޮށި ސާފުކުރެއްވުމަށް އަގުހުށަހަޅުއްވާނީ، ތިރީގައިވާ ގޮތަށެވެ.

1- މަސައްކަތަށް ބޭނުންވާ އެންމެހާކަންކަން އަމިއްލަޚަރަދުގައި ހަމަޖައްސައިގެން ކުނިކޮށީގައިވާ އެންމެންހާތަކެތި 1 މަސްދުވަހުގެ ތެރޭގައި ތިލަފުއްޓަށް ގެންދިއުމަށް ހުށަހަޅާ އަގު:

2- މަސައްކަތަށް ބޭނުންވާ އެންމެހާކަންކަން އަމިއްލަޚަރަދުގައި ހަމަޖައްސައިގެން ކުނިކޮށީގައިވާ އެންމެހާތަކެތި ދިގުރަށު ބަނދަރުގައި އޮންނަ އުޅަނދަކަށް ލޯޑުކޮށްދިނުމުގެ އަގު:

          ވީމާ، މި މަސައްކަތަށް ޝަޢުޤުވެރިވާ ފަރާތްތަކުން 23 މާރިޗު 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ފުރިހަމަކޮށްފައިވާ އަގުހުށަހަޅާ ފޯމް ހިފައިގެން ކައުންސިލްގެ އިދާރާއަށް ޙާޟިރުވުމަށް އާންމުކޮށް އަންގާ އިޢުލާނުކުރަމެވެ.

          އަގުހުށަހަޅާފޯމް ރަސްމީގަޑީގައި ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.

19 މާރިޗު 2017
ހޯދާ