މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ބިދޭސީ އެލައިޑް ހެލްތު ޕްރޮފެޝަނަލުންގެ އިނގިރޭސި ބަހުގެ ފެންވަރު ވަޒަންކުރުމުގެ އިންޓަރވިއު

                    އިޢުލާން

 

ބިދޭސީ އެލައިޑް ހެލްތު ޕްރޮފެޝަނަލުންގެ އިނގިރޭސި ބަހުގެ ފެންވަރު ވަޒަންކުރުމުގެ އިންޓަރވިއު

            ބިދޭސީ އެލައިޑް ހެލްތް ޕްރޮފެޝަނަލުންގެ ތެރެއިން ފާރމަސީ އަދި ލެބޯރޓްރީ ދާއިރާގެ އެޕްލިކަންޓުންގެ އިނގިރޭސިބަހުގެ ފެންވަރު ވަޒަންކުރުމުގެ ގޮތުން އެފަރާތްތަކާއެކު ކުރެވޭ އިންޓަވިއު މިއަހަރުގެ 30 މާރިޗު 2017 ގެ ފަހުން ކުރިއަށް ނުގެންދާ ގޮތަށް ނިންމާފައިވާ ނިންމުން (ކައުންސިލްގެ 1 މާރިޗު 2017 ގެ އިޢުލާން 23-MAHC/23/2017/29 ) ވަނީ ކައުންސިލްގައި އިތުރަށް މުރާޖާ ކުރެވި ކައުންސިލުން ވަކިތާރީޙެއް ކަނޑައަޅަންދެން ކުރިއަށް ގެންދާ ގޮތަށް ނިންމާފައެވެ.

            ވީމާ، މިދެންނެވުނު އިންޓަރވިއުތައް 30 މާރިޗު 2017 ގެ ފަހުންވެސް ކުރިއަށް ދާނެވާހަކަ އިއުލާން ކުރީމެވެ. އިންޓަރވިއު އޮންނަ ދުވަސްތަކުގެ މައުލޫމާތު ކައުންސިލްގެ ސެކްރެޓޭރިއަޓްގެ ނަންބަރ 3014480 އިން ލިބި ވަޑައިގަންނަވާނެއެވެ.   

20 ޖުމާދުލްއާޙިރަ 1438       

19 މާރިޗު 2017
ހޯދާ