ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
masakkathu

މަޤާމް :masakkathu
ބޭނުންވާ އަދަދު :1

 

އިޢުލާން

 

މަޤާމް:          

މަސައްކަތު

ބޭނުންވާ ޢަދަދު:  

01 (18 އަހަރު ފުރި 55 އަހަރު ނުފުރޭ ބޭފުޅުން)

ރޭންކް:          

އެސް.އެސް 1 )ސަޕޯޓް  ސަރވިސް 1)

ކްލެސިފިކޭޝަން:    

ސަޕޯޓް ސްޓާފް ގްރޭޑް 1

އޮފީސް/ އިދާރާ:   

ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ 

ސެކްޝަން:      

ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ 

މުސާރަ:            

މަހަކު 3,100.00 ރުފިޔާ

ސާރވިސް އެލަވަންސް:    

މަހަކު 1,000.00 ރުފިޔާ

 

މަޤާމުގެ ޝަރުޠުތައް:

1- ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާ ވާޖިބުތަކުގެ ޚުލާޞާ.

1. ވާރުގެއާއި، ވާރުގޭ ގޯއްޗާއި، ގުޅިފައިވާ މަގާއި، ގޯޅި، ވިނަ ނޮޅާ ސާފުކޮށް ބެލެހެއްޓުން.  

2. އަތޮޅު ކައުންސިލް އިދާރާއާއި، އަތޮޅު ކައުންސިލްގެ ގޯއްޗާއި، ގުޅިފައިވާ މަގާއި، ގޯޅި، ވިނަ ނޮޅާ ސާފުކޮށް ބެލެހެއްޓުން.  

3. އަތޮޅުބޮޑުގޭ ގޯއްޗާއި، ގުޅިފައިވާ މަގާއި، ގޯޅި، ވިނަ ނޮޅާ ސާފުކޮށް ބެލެހެއްޓުން.

4. އަތޮޅު ކައުންސިލްގެ އިދާރާއިން އެކިތަންތަނަށް ފޮނުވަންޖެހޭ ތަކެތި، އެތަކެތި ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުން.

5. އެކިއެކި ބޭނުމަށް އޮފީހަށް ހާޟިރުކުރަންޖެހޭ މީހުންނަށް ކިއުން.

6. އޮފީހަށް ގަންނަންޖެހޭ ތަކެތީގެ އަގު ބެލުމާއި، ގެންނަންޖެހޭ ތަކެތި ގެނައުން.

7. އޮފީހުގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ޙަވާލުކުރާ އެންމެހައި ކަންތައްތައް ކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

             ތައުލީމާއި، ތަމްރީން، މަސައްކަތު ތަޖްރިބާ، މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލްކަމާ ސިފަތަށް  މިބައިތަކުން އެންމެ މަތިން ސްކޯކުރާ ފަރާތް: (މެރިޓް އުޞޫލުން)

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

             އިންޓަވިއު އޮންނާނީ 2017 އޭޕްރީލް 02 ން ފެށިގެން ރަސްމީ 5 ދުވަހުގެ  މުއްދަތަށް ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. (މިމަޤާމަށް އެދި ހުށަހަޅުއްވާ ފަރާތްތަކުން މިމުއްދަތުގައި މިރަށުގައި ހުންނަވަންވާނެއެވެ.)

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

             2017 މާރޗް 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމުންނެވެ.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރައްވާނަމަ، ހަމަޖެހިފައިވާ އޮންނަ އުޞޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

1-      މަޢުލޫމާތު ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް. (އެޕްލިކޭޝަން ފޯމު ދ. އަތޮޅު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސާރވިސް ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv  ޑައުންލޯޑް ކުރެވޭނެއެވެ.)

2-      ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3-      ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

4-      ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

5-      މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ ޢަދަދު ބަޔާންކޮށްފައިވާ)

6-      ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

7-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

 

ނޯޓު: މި އިޢުލާނުގައި ދެންނެވިފައިވާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަޞްލާ އެއްގޮތްކަން ކަށަވަރުކުރާނީ، ހަމައެކަނި އިންޓަރވިއުއަށް ހޮވޭ މީހުންގެ ލިޔުންތަކެވެ.   އެކަން ކަށަވަރު ކުރާނީ، އިންޓަރވިއުއަށް އެމީހަކު ޙާޟިރުވާއިރު އެލިޔުންތަކުގެ އަޞްލު ގެނެސް ލިޔުންތައް އޭގެ އަޞްލާ އެއްގޮތްކަމަށް ކަށަވަރުކޮށް މިއިދާރާއިން ކޮޕީ ލިޔުމުގައި ސޮއިކޮށް ތާރީޚް ޖަހައިގެންނެވެ.

 

       މިއިޢުލާނާ ގުޅިގެން  މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ  6760023 ނަންބަރު ފޯނާއެވެ. ފެކްސް ނަމްބަރަކީ 6760604 އެވެ. އީ މެއިލްކުރައްވާނީ [email protected] އަށެވެ.

            20 ޖުމާދަލްއާޚިރާ 1438ހ

            19 މާރޗް   2017މ

19 މާރިޗު 2017
ހޯދާ