ނޫރާނީ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމުގެ ޝަރުޠު :ތިރީގައިވާ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއް ފުރިހަމަވެފައިވުން.

ރޭންކް

ކުލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

GS3

އޮފިސަރ ގްރޭޑް 1

  • އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ ފާސް  ލިބިފައިވުމާއެކު، ސެކަންޑަރީ ސުކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

މަހަކު -/4،465 ރުފިޔާ

މަހަކު -/1،500 ރުފިޔާ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސިޓީ މެސެޖު ފަދަ ލިޔެކިޔުންތައް ފޮނުވުން.
  2. މުވައްޒަފުންނާ ގުޅޭ ކަންކަން ބެލެހެއްޓުން.
  3. ޕްރީސްކޫލާ ގުޅުންހުރި ކަންކަމުގައި މިނިސްޓްރީ އިން ކަނޑައަޅާ ގޮތެއްގެ މަތިން އިދާރާއިން ކުރަންޖެހޭ ކަންކަން ކުރުން.
  4. ބަޖެޓާއި ގުޅޭ މާލީ ކަންކަން ރާވައި އިންތިޒާމްކޮށް ދައުލަތުގެ މާލިއްޔަތު ޤާނޫނާއި  ޤަވާއިދާ އެއްގޮތަށް ބެލެހެއްޓުން. (ޕީވީ ތައްޔާރުކުރުމާއި،  އެއާ ގުޅުންހުރި ކަންކަމާއި، ފައިސާ ޖަމާކުރުމާއި/ނެގުމާއި، ރިޕޯޓްތައް ތައްޔާރުކުރުމާއި، ސްކޫލްގެ އެކައުންޓް ސްޓޭޓްމަންޓް ނެގުމާއި، ބިލްތަކަށް ފައިސާ ދެއްކުން ފަދަ ކަންކމާއި، އެފަދަ އެހެނިހެން ކަންކަން ކުރުން)
  5. މުވައްޒަފުންގެ މުސާރަ ޝީޓް ތައްޔާރުކުރުމާއި، މުސާރަ ހަވާލުކުރުން.
  6. ބަޖެޓް އެކައުންޓް ބާކީއާއި، ތިޖޫރީ ބާކީއާއި، ދުވަހުފޮތާއި، ޕޭމަންޓް ވައުޗަރތަކާއި، ޕީވީ ރަޖިސްޓްރީއާއި، ބިލް ރަޖިސްޓްރީފަދަ ތަކެތި އަޕްޑޭޓްކޮށް ބެލެހެއްޓުން.
  7. ބަޖެޓް އާ ގުޅޭ ފައިސާ ރަސީދުން ބަލައިގަތުމާއި، ކޮންމެ ދުވަހަކުވެސް ރަސީދުން ބަލައިގަންނަ ހުރިހާ ފައިސާއެއް ކަނޑައަޅާފައި އޮންނަ އުސޫލެއްގެމަތީން ތިޖޫރީ ބާކީކުރުން.
  8. ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހުގެ ކުރީން، ވޭތިވެދިޔަ މަހުގެ ޚަރަދު ރިޕޯޓާއި، ލިބޭ ފައިސާގެ ރިޕޯޓާއި، ބަޖެޓް މާލީ ރިޕޯޓް ތައްޔާރުކޮށް، ހަވާލުކުރަންޖެހޭ ނުވަތަ/އަދި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  9. ހަރުމުދަލުގެ އިންވެންޓްރީ ތައްޔާރުކޮށް ބެހެއްޓުން.
  10. މީގެ އިތުރުންވެސް، ވަޒީފާގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ސްކޫލުން އަންގަވާ ކަންތައްތައް ކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނޭ ކަންތައްތައް:

1 ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ.

2 ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

3 މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

އިންޓަވިއުއާއި އޮންނާނެ ތާރީޚާއި ތަން

* މިމަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 2017 މާރިޗު މަހުގެ 30 ވާ ބުރާސްފަތިދުވަހު ނޫރާނީ ސްކޫލްގައެވެ. އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް ފޯނުން ގަޑި އެންގޭނެއެވެ.

ނޯޓް: އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާއަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2017 މާރޗް 28 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، ވަޒީފާއަށްއެދި ހުށަހަޅާ ފޯމާއިއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް، ނޫރަނީ ސްކޫލް އޮފީހަށް ހުށަހެޅުން އެދެމެވެ.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި ސްކޫލް އޮފީހުން ލިބެން ހުންނާނެއެވެ.)
  2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (ސެޓްފިކެޓްތަކުގެ އަޞްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދަރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަޞްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ސާފުކޮށް ކިޔަން އެނގޭ ފަދަ ކޮޕީ (އަޞްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)
  5. ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6885917 ނަންބަރު ފޯނަށެވެ.

19 މާރިޗު 2017
ހޯދާ