ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

އިޢުލާން

މިރަށުގައި ކުނި ނައްތާލުމަށް ހަދާފައިވާ ކުނި ގޮނޑުގައި އަންދައި ނައްތާނުލެވި މިހާރު ހުރި ތަކެތި (ދަގަނޑާއި، ބިއްލޫ ފަދަ) ތިލަފުއްޓަށް ގެންގޮސް ދޭނެފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު: (IUL)373/INDIV/2017/17 (28 ފެބުރުވަރީ 2016) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައިނުވާތީ އެއިޢުލާނު ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތް ކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން 2017 މާރިޗް 27ވަނަ ދުވަހުގެ 13.00އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 މާރިޗް 30ވަނަ ދުވަހުގެ 13.00އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ކޮންމެފަރާތަކަށްވެސް ހުށަހެޅުއްވޭނީ 01 (އެކެއް) އަންދާސީ ހިސާބެވެ. މަޢުލާމާތު ސާފު ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި ގަޑިޖެހިގެންގެންނަ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

17 ޖުމާދަލްއާޚިރާ 1438

16 މާރިޗު 2017

16 މާރިޗު 2017
ހޯދާ