އަލިފުށީ ސްކޫލް
ދިވެހިރާއްޖެ
ސްކޫލްގެ ވަށާފާރު ( އަމިއްލަ ތަކެތީގައި ) މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

އިޢުލާން 

ސްކޫލްގެ ވަށާފާރު ( އަމިއްލަ ތަކެތީގައި ) މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

                    މި ސްކޫލުގެ ވަށާފާރު ( އަމިއްލަ ތަކެތީގައި ) މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަމްބަރ GS68/2017/06 ( 09 މާރިޗް 2017 ) އިޢުލާނާ ގުޅިގެން ތިންފަރާތުން އަންދާސީ ހިސާބު ހުށަހަޅުއްވާފައިނުވާތީ،    އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

             ވީމާ، މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2017 މާރިޗް 20 ވާ ހޯމަ ދުވަހު 1:00 އަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 މާރިޗް 23 ވާ ބުރާސްފަތި ދުވަހު 1:00 އަށް މި ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.

                     އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ބަދަލުގައި، އެހެން ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާނަމަ، އަންދާސީހިސާބު ހުށަހަޅާ ވެރިފަރާތުގެ ސިޓީއަކާއިއެކު، ހުށަހަޅުއްވާ ފަރާތް ދުރުވެދެއްވުން އެދެމެވެ.

                     މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރަމެވެ.

                     17   ޖުމާދުލްއާޚިރު    1438

                     16    މާރިޗް    2017

16 މާރިޗު 2017
ހޯދާ