ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީގެ މެންބަރުންނަށް

ދެންނެވުން

ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީގެ މެންބަރުންނަށް

ރާއްޖޭގައި ފެތުރެމުންދާ އިފްލުއެންޒާ H1N1 ވައިރަސްއާ ގުޅިގެން ކުޑަކުދިން ބޭރުގައި އުޅުން މަދުކުރުމަށް އެޗު.ޕީ.އޭ އިން އިލްތިމާސް ކޮށްފައިވާތީ، 2017 މާރިޗު 15 ން 2017 އެޕްރީލް 15 ށް ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީ ގެ މެންބަރުންގެ ބަދަލުގައި މެންބަރުންގެ ބެލެނިވެރިންނަށް ފޮތް ދޫކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ވާހަކަ ދެނެންނެވީމެވެ.

ފޮތް ބަލާ ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީއަށް ވަޑައިގަންނަވާއިރު މެންބަރުގެ އައި.ޑީ ކާޑާއި ބެލެނިވެރިޔާގެ އައި.ޑީ ކާޑު ގެންނެވުމުން ކުރިންވެސް ފޮތް ދޫކުރަމުންދިޔަ އުސޫލުން ބެލެނިވެރިޔާއަށް ފޮތް ދޫކުރެވޭނެވާހަކަ ދެންނެވީމެވެ.

 

16 ޖުމާދަލްއާޚިރާ 1438

15 މާރިޗު 2017
ހޯދާ