ތާޖުއްދީން ސްކޫލް
ދިވެހިރާއްޖެ
ކައުންސިލަރ

 

                  ތާޖުއްދީން ސްކޫލް

މާލެ/ދިވެހިރާއްޖެ

ތާރީޚް: 16 މާރޗް 2017               ނަމްބަރު:  TS/IU/HR/2017/7

ވަޒީފާގެ ފުރުޞަތު

 

 މަޤާމް:              ކައުންސިލަރ  

ބޭނުންވާ ޢަދަދު:         1

މަޤާމުގެ ގިންތި:         ދާއިމީ

މަޤާމުގެ ރޭންކު:         އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:      ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން:           އެކަޑަމިކް ސެކްޝަން

މަޤާމް އޮތް އޮފީސް:       ތާޖުއްދީން ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަން:     ތާޖުއްދީން ސްކޫލް

މުސާރަ :           -/5610ރ

ސަރވިސް އެލަވަންސް:       -/2000ރ

އިތުރު އިނާޔަތްތައް:    އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­__________________________________________________________________________________________________

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ކައުންސެލިންގ ޕްރޮގްރާމުތައް ރޭވުމާޢި، އެ ޕްރޮގްރާމްތައް ހިންގުމާއި، އެކަމާ ގުޅުންހުރި ހުރިހާ ރެކޯޑްތަކެއް ބެލެހެއްޓުން.
  • ކައުންސެލިންގ ބޭނުންވާ ދަރިވަރުން ފާހަގަކޮށް، އެ ދަރިވަރުންނަށް ކައުންސެލިންގ ދެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، އެ ދަރިވަރުންނަށް އަންނަ ބަދަލު ދެނެގަތުމާޢި، ކައުންސެލިންގެ ފޮލޯއަޕް ހެދުން.
  • ދަރިވަރުންގެ ނަފްސާނީ، ޖިސްމާނީ، އަޚުލާޤީ މައްސަލަތަކާ ގުޅިގެން ޓީޗަރުންނަށް  ހުށައަޅާކަންތައް ބަލައި ، އެކަންކަމުގައި އެފަދަ ކުދިންނާއި ޓީޗަރުންނަށް އެހީތެރިކަން ދިނުން.
  • ނަފްސާނީ ދުޅަހެޔޮކަމުން ބޭނުންވާ މަޢުލޫމާތު ހޯދައި، ދަރިވަރުންނަށް ފޯރުވައިދިނުން.
  • ސްކޫލްގެ ފަރާތުން ފާހަގަކުރާ ދުވަސްތަކާޢި، ހަފުލާތަކަށް މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ސްކޫލުން އެދިއްޖެ ކޮންމެ ވަގުތަކު އެއްބާރުލުމާއި އެހީތެރިކަންދިނުން.
  • މީގެ އިތުރުންވެސް ސްކޫލްގެ ރަސްމީ މަސައްކަތާ ގުޅިގެން ޙަވާލުކުރެވޭ މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް:   

1-ކައުންސިލިންގ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު، ކައުންސިލިންގ ދާއިރާގައި  2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ

2-ކައުންސިލިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާޞިލްކުރައްވާފައިވުން.  ނުވަތަ

3- މަޤާމު މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލްކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: ޙާޞިލްކޮށްފައިވާ ތަޢުލީމާ ތަމްރީނަށް ބަލައިގެންނާއި،  މި މަޤާމުގެ މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެން އަދި އިންޓަރވިއު ކޮއްގެން.

- ހުށަހަޅަންޖެހޭތަކެތި: 

1-      ފުރިހަމަކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް

2-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3-      ވަޒީފާ އަށް އެދޭފަރާތުގެ ދިވެހި ރައްޔެތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވަ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4-      ސިވިލް ސަރވިސް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއްނެތް ކަމަށް، އެމުއައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިއުމެއް.

5-      ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސްކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، (ރާއްޖޭގައި ރެޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި ރާއްޖޭން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ހިންގާ ރާއްޖޭން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބަލާފައިވާ ސެޓްފިކެޓް ތައް ނުވަތަ ކޯސް ފުރިހަމަކުރުމުގެ ލިއުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިއުމުގެ ކޮޕީ.

(ށ) ރާއްޖޭގައި ރެޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިއުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

6-      ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

7-      ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ

8-      މަސައްކަތު ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިއުންތަކުގެ ކޮޕީ

(ހ)ސިވިލްސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރިމަސައްކަތް އަދި މަސައްކަތްކޮށްފައިވާތަނުގެ މުވައްޒަފުންގެއަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމް (މިފޯމް ސްކޫލް ރިސިޕްޝަނުން އަދި ސްކޫލްގެ ވެބްސައިޓް www.thaajuddeenschool.edu.mv ން ޑައުންލޯޑް ކުރެވޭނެއެވެ.) މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 މާރޗް 2017 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 02.00 ގެ ކުރިން ތާޖުއްދީން ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ[email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެތަނާއި، މުއްދަތު: އިންޓަރވިއު އޮންނާނީ 2017 މާރޗް 27 ން 30 އާއި ދެމެދު ތާޖުއްދީން ސްކޫލް ގައެވެ.

ޝޯޓްލިސްޓް ކުރުން:

      މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތުހަމަވާ ފަރާތްތަކުގެ ޢަދަދު (10) އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށްބަލާ، ވަޒީފާ އަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާރކްސް ލިބޭ ފަރާތްތައްބަލާ ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ

ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

      މަޤާމަށް މީހުން ހޮވުމަށް ކަނޑައެޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: 30%

އިތުރު މަޢުލޫމާތު ހޯދުން: އިޢުލާނާގުޅޭ މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ: 3317318 ނަމްބަރު ފޯނާއެވެ. އީމެއިލް ކުރައްވާނީ [email protected]

16 މާރިޗު 2017
ހޯދާ