މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

 

                                                                                 ނަންބަރ: IUL)MMPRC-HR/1/2017/24)

އިޢުލާން

 އަންދާސީ ހިސާބު ބޭނުންވެއްޖެ

މި ކޯޕަރޭޝަންގެ ޕްރޮމޯޝަނަލް މެޓީރިއަލްސް އަދި އެހެނިހެން ލިޔެކިޔުންތައް ރައްކާތެރިކޮށް ބެހެއްޓުމަށް މާލެއިން ގުދަނެއް، 2017 މެއި 25 ވަނަ ދުވަހުން ފެށިގެން ކުއްޔަށް ހިފަން ބޭނުންވެގެން ކުރެވުނު ނަމްބަރު IUL)MMPRC/1/2017/4) އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެކަށީގެންވާވަރަށްވުރެ މަދު ބޭފުޅުން ވަޑައިގަތުމާއި ގުޅިގެން އެ އިޢުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

 ވީމާ،  މިކޯޕަރޭޝަނަށް 2017 މެއި 25 ވަނަ ދުވަހުން ފެށިގެން، މާލެއިން ގުދަނެއް ކުއްޔަށްދިނުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2017 މާރިޗު 22ވާ ބުދަ ދުވަހުގެ ހެނދުނު 11:30އަށް، ވެލާނާގެ 04 ވަނަ ފަންގިފިލާގައި ހުންނަ މިކޯޕަރޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 މާރިޗު 29ވާ ބުދަ ދުވަހުގެ 11:30އަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

                   16 ޖުމާދިލްއާޚިރު 1438 ހ.

                   15 މާރިޗު 2017 މ.                                 

15 މާރިޗު 2017
ހޯދާ