ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
6 ވަނަ އިންސައިޓް އޮފް ޗައިނާ ވޯކްޝޮޕް ފޮރ ސައުތު އޭޝިއަން އާޓިސްޓް

 

(IUL)177-A2/1/2017/4 ނަންބަރ

10 މެއި 2017 އިން 26 މެއި 2017 އަށް ޗައިނާ އެމްބަސީގެ ފަރާތުން ބޭއްވުމަށް ހަމަޖެހިފައިވާ "6 ވަނަ އިންސައިޓް އޮފް ޗައިނާ ވޯކްޝޮޕް ފޮރ ސައުތު އޭޝިއަން އާޓިސްޓްސް" ގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިރާއްޖެއިން 05 ކުރެހުންތެރިއަކަށް ވަނީ ލިބިފައެވެ. މި ވާކްޝޮޕްއަށް ކުރެހުންތެރީން ހޮވުމަށް ހަމަޖެހިފައިވަނީ ވޯކްޝޮޕްގައި ބައިވެރިވުމަށް އެދި ހުށަހަޅުއްވާ ފަރާތްތަކުގެތެރެއިން މި ސެންޓަރުން އިވެލުއޭޓްކުރުމަށްފަހު އެންމެ ރަނގަޅު 5 ފަރާތަކަށެވެ. ބައިވެރިވެލައްވަ ފަރާތްތަކުގެ ކެއުމާއި އެކޮމަޑޭޝަން އަދި އެތެރޭގެ ދަތުރުފަތުރު ހަމަޖައްސައިދެއްވާނީ ޗައިނާ އެންބަސީންނެވެ. ނަމަވެސް މާލެ- ބޭޖިންގް ރިޓާން އެއަރފެއަރ ހަމަޖައްސަވަންވާނީ ބައިވެރިވެލައްވާ ފަރާތުންކަމުގައި ދަންނަވަމެވެ.

 

ވީމާ މި ވޯކްޝޮޕްގައި ބައިވެރިވެލައްވަން ޝައުޤުވެރިވެލައްވާ ކުރެހުންތެރިން 23 މާރިޗް 2017 ވަނަ ދުވަހުގެ 13:30 ގެ ކުރިން މި ސެންޓަރަށް ސީވީ ހުށަހެޅުވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯދެއްވުމަށް 3303816 ނުވަތަ 7777654އާ ގުޅުވުން އެދެމެވެ.

 

15 ޖުމާދުލްއާހިރު 1438

14 މާރިޗު 2017

15 މާރިޗު 2017
ހޯދާ