ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމަށް މީހަކު ހޯދުން


ވަޒީފާގެ ފުރުޞަތު


މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު: 01
ރޭންކް: ޖީ. އެސް 3
ކްލެސިފިކޭޝަން : އޮފިސަރ ގްރޭޑް 2
މުސާރަ : -/4465 ރުފިޔާ
ސަރވިސް އެލަވަންސް: -/1500 ރުފިޔާ
ވަޒީފާއޮތް އޮފީސް: ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް
ގިންތި: ވަގުތީ
ވަޒީފާއަދާކުރާ ސެކްޝަނާއި ތަން : އިދާރީ އޮފީސް

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

1. މުވައްޒަފުންގެ ހާޒިރީގެ ކަންކަން ބެލެހެއްޓުން.
2. ސްކޫލަށް ލިބޭ ފައިސާ ބަލައިގަތުމާއި، ލިބޭފައިސާގެ ދުވަހުފޮތުގައި ލިޔެ، ވެރިޔާގެ ލަފާގެ މަތިން ބޭންކަށް ޖަމާކުރުމާއި ޖަމާކުރެވޭ ފައިސާގެ ތަފްސީލް ހެދުން.
3. ތިޖޫރީގެ ހަފްތާ ރިޕޯރޓާއި މަސްދުވަހުގެ ރިޕޯރޓް ކަނޑައެޅިފައިވާ މުއްދަތުގައި ހެދުމާއި، ފޮނުވަންޖެހޭ ތަންތަން ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވުމާއި ފައިލުކުރުން.
4. ސްކޫލަށް ލިބޭ ސީޓީއާއި އެހެނިހެން ލިޔެކިޔުން ބަލައިގަތުމާއި ދޫކުރުން.
5. ދުވަހުންދުވަހަށް ސްކޫލަށް ލިބޭ ލިޔެކިޔުންތައް ދުވަހު އެންޓްރީގައި ރަޖިސްޓްރީ ކުރުމާއިއެކު ސްކޫލުގެ ވެރިޔާއަށް އެރުވުން.
6. ސްކޫލު ދަރިވަރުންގެ ބަސް ރަޖިސްޓްރީ ބެލެހެއްޓުމާއި ފީދައްކާ ދަރިވަރުންނާއި ފީނުދައްކާ ދިަރިވަރުންގެ މަޢުލޫމަތު ބެލުމާއިއެކު ވެރިޔާއަށް އެމަޢުލޫމާތު އެރުވުން.
7. ދައުލަތުގެ މާލިއްޔަތު ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން ސްކޫލަށް ގަންނަންޖެހޭ ތަކެތި ގަތުމަށް ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުން.
8. ސްކޫލުގެ ލިޔެކިޔުން އަޅާ ފައިލްތައް ތަރުތީބުކުރުމާއި ލިޔެކިޔުންތައް ތަރުތީބުން ފައިލްކުރުން.
9. ސްކޫލުން ރާވާ ހިންގާ ޙަރަކާތްތަކުގައި ފުރިހަމައަށް އެހީތެރިވެދިނުން.

ޝަރުތު:
1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

• ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު
• މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
• މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް

އިންޓަރވިއު ކުރުން

ހ. މިމަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށްފަހުގައެވެ. މި އިޢުލާނުގެ މުއްދަތު ހަމަވާތާ 07 ދުވަހުގެ ތެރޭގައި އިންޓަރވިއު އޮންނާނެ ތާރީޚަކާއި ވަގުތެއް އެންގޭނެއެވެ.
ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ލިބެން ހުންނާނީ ޙަމަދު ސްކޫލްގެ ކައުންޓަރުންނާއި، (www.csc.mvއިން ލިބިވަޑައިގަންނަވާނެއެވެ.
ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް
ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޙަމަދު ސްކޫލް އޮފީހަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 26 މާރިޗު 2017 ވާ އާދިއްތަ ދުވަހުގެ 13:30 އެވެ.

ނޯޓް:
މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ޙަމަދު ސްކޫލުގެ ގެ ނަންބަރު 6800012 ފޯނަށް ގުޅުއްވުން އެދެމެވެ.

15 މާރިޗު 2017
ހޯދާ