ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ފުވައްމުލަކު އެއަރޕޯޓް ފިހާރަ ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން

އިޢުލާން

 

ފިހާރަ ކުއްޔަށްދިނުމާއި ބެހޭ

        ފުވައްމުލަކު އެއަރޕޯޓް ފިހާރަ ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

        ވީމާ، މިކަމަށް އެދި ޝަޢުގްވެރިވެލައްވާ ފަރާތްތަކުން 22 މާރިޗް 2017 ވާ ބުދަ ދުވަހުގެ 13:30 އަށް ރީޖަނަލް އެއަރޕޯޓްސް، ވެލާނާގެ 11 ވަނަ ފަންގިފިލާ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 29 މާރިޗް 2017 ވާ ބުދަ ދުވަހުގެ 13:30 އަށް ރީޖަނަލް އެއަރޕޯޓްސް އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

        އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތް ތަކުގެ އަންދާސީ ހިސާބާއި، މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބު ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

           16 ޖުމާދަލްއާޙިރާ 1438

           15  މާރިޗް  2017

15 މާރިޗު 2017
ހޯދާ