ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1438 ވަނަ އަހަރުގެ ރަމަޟާންމަހު ތަރާވީޙް ނަމާދު ކުރުމަށް އިމާމެއް ގެނައުން

އެހެން އަހަރު ތަކެކޭވެސް އެއްގޮތަށް މިއަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގެ ތަރާވީޙް ނަމާދު ކުރުމަށް އިމާމުވެ ތަރާވީޙް ނަމާދު ކުރައްވާނެ  ހާފިޒެއް ގެނައުމަށް ކައުންސިލްގެ ފަރާތުން ވަނީ ނިންމަވާފައެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ހާފިޒެއް ގެންނެވުމަކީ ބޮޑު ޚަރަދެއް ހިނގާކަމެކެވެ.

 ރަމަޟާންމަހު ތަރާވީޙް ނަމާދު ކުރުމަށް ހާފިޒެއް ގެނައުމަށްޓަކައި ކުރަންޖެހޭ ޚަރަދު ދަކުގެ ތެރޭގައި  ހާފިޒުގެ ދެކޮޅު ފްލައިޓް ޓިކެޓާއި، އެކަމަޑޭޝަން ( ކޮޓަރި ޚަރަދު )  އާއި ފަރިއްކޮޅު އަދި ބަލިވެއްޖެނަމަ ބޭސްކުރުމުގެ ޚަރަދަކީވެސް ހާފިޒު ގެންނަ ފަރާތުން ކޮށްދޭން ޖެހޭ ޚަރަދުތަކަކަށްވާތީ ، ދަރުމަވެރިންނަށް މިކަމުގައި ކައުސިލާއެކު ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލެވިފައި ވާވާހަކަ ދެންނެވީމެވެ.

ވީމާ ދަންނަވަމެވެ. ތަރާވީޙް ނަމާދު ކުރުމަށް ގެންނަ އިމާމު ގެނައުމަށް އެހީރެތިކަން ފޯރުކޮށްދެއްވަން އެދިލައްވާ ފަރާތްތަކުން އެބޭފުޅަކު އެހީތެރި ވެދެއްވާނެ ކަމެއް ނުވަތަ ދެއްވާނެ ފައިސާގެ އެހީ  މި މާރިޗް މަހުގެ 26 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރީން މި ކައުންސިލަށް ވަޑައިގެން ނިންމެވުމަށް ދެންނެވީމެވެ.

            މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

14 މާރިޗު 2017
ހޯދާ