ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖްތިމާޢީ ސަރަޙައްދު ކުނިކެހުމާބެހޭ

ތ. ކިނބިދޫ އިޖްތިމާޢީ ސަރަޙައްދު 2017 ވަނައަހަރުގެ ނިޔަލަށް ކުނިކަހައި ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. އެހެން ފަހަރުތަކާ ޚިލާފަށް މިފަހަރު އިޖްތިމާޢީ ސަރަހައްދު ކުނިކަހައި ސާފުކުރުމަށް ހަމަޖެހިފައިވަނީ މިސަރަހައްދު ބައިތަކަކަށް ބަހާލައިގެން އެކިބައިބައި ވަކިވަކިން އެކިފަރާތްތަކާއި ޙަވާލުކޮށްގެން ސާފުކުރާގޮތަށެވެ.

            ވީމާ، މިމަސައްކަތްކޮށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢްލޫމާތު ސާފުކުރެއްވުމަށް 22 މާރިޗް 2017  ދުވަހުގެ ހެނދުނު 11:00އަށް މިއިދާރާއަށް ދުރުވެދެއްވުން އެދެމެވެ. އެސްޓިމޭޓް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 29 މާރިޗް 2017 ދުވަހުގެ ހެނދުނު 11:00 ގައި މިއިދާރާގައެވެ. އެސްޓިމޭޓް ކެނޑުމަށް ހަމަޖެހިފައިވަނީ އެސްޓިމޭޓް ހިއްޕަވައިގެން ދުރުވާ ފަރާތްތަކުގެ ޙާޟިރުގައެވެ.

            މަޢްލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އެސްޓިމޭޓްތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އެސްޓިމޭޓްތައް ބަލައިގަތުމަށް ހަމަޖެހިފައެއް ނުވެއެވެ.

14 މާރިޗު 2017
ހޯދާ