އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ސިނާއީ މަސައްކަތް ކުރާ ތަންތަނުގައި ބެހެއްޓުމަށް ކުރިން އިޢުލާން ކޮށްފައިވާ ވޯޓުފޮށި ނުބެހެއްޓުމާއި ގުޅޭ

ނަންބަރު:A)CA-2017/111)

އިޢުލާން

ކުރިން އިޢުލާން ކޮށްފައިވާ ވޯޓުފޮށި ނުބެހެއްޓުމާއި ގުޅޭ

         މިކޮމިޝަނުގެ ނަންބަރު (A)CA-2017/38)) އިޢުލާނާއި ހަވާލާދީ ދަންނަވެމެވެ.

         ޙަވާލާ ދީފައިވާ އިޢުލާންގައިވާ ސިނާއީ މަސައްކަތް ކުރާ ތަންތަނުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ވޯޓުފޮށިތަކަށް 100 (ސަތޭކަ) މީހުންނަށްވުރެ މަދު ޢަދަދަކަށް ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާތީ މި ތަންތަނުގައި ވޯޓުފޮށި ނުބެހެއްޓުމަށް މި ކޮމިޝަނުން ވަނީ ނިންމާފައެވެ. މި ވޯޓުފޮށިތަކުގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

ވޯޓުފޮށި ބަހައްޓާ ރަށް/ތަން

ވޯޓުލާ ސަރަހައްދު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ނަންބަރު

#

ކ. ތިލަފުށި

ސެކްޓަރ 3ގެ ޕްލޮޓް ނަންބަރ M9) S3041)

މި ފޮށްޓަށް ވޯޓުލާނީ ތިލަފުށީގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންގެ  އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ތިލަފުށި -1

V01.1.1

1

ހުޅުލެ

 އެއަރޕޯޓް ރިކްރިއޭޝަން ސެންޓަރ (އޭ.އާރް.ސީ)

މި ފޮށްޓަށް ވޯޓުލާނީ އިބްރާހިމް ނާޞިރް އިންޓަރނޭޝަނަލް އެއަރޕޯޓްގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ހުޅުލެ-1

V02.1.1

2

ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގެ ކޯލްޑްސްޓޯރު ސަރަޙައްދު

(ގއ. ކޫއްޑޫ)

މި ފޮށްޓަށް ވޯޓުލާނީ ކޫއްޑޫގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ކޫއްޑޫ- 1

V03.1.1

3

ފެލިވަރު ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގެ އެކުވެނި

(ޅ. ފެލިވަރު)

މި ފޮށްޓަށް ވޯޓުލާނީ ފެލިވަރުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ފެލިވަރު - 1

V04.1.1

4

                          މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

15 ޖުމާދުލްއާޚިރާ 1438

14 މާރިޗު 2017
ހޯދާ