ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮނޑޭއިން ގޯތި ދޫކުރުން

އިޢުލާން

 

              

 

ކޮނޑޭ އިން ގޯތި ދޫކުރުން:

     ކޮނޑޭ ހުޅަނގު ދެކުނުން މުޙައްމަދު އަމީނު މަގުގެ ހުޅަނގުން ދިޔަދޫ ސައިޓް މަގުގެ ދެކުނުން 3000  (ތިންހާސް ) އަކަފޫޓްގެ 11 ގޮތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކުން 2017 މާރިޗު 29 ވަނަ ދުވަހުގެ 13:00 ގެ ކުރިން ފޯމް ހުށަހެޅުއްވުން އެދެމެވެ. ގޯއްޗަށް އެދޭ ފޯމް މިއިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މުއްދަތު ހަމަވާފަހުން ހުށަހަޅާފޯމްތަށް ބަލައި ނުގަނެވޭނެއެވެ.

 

ގޯއްޗަށް އެދި ކުރިމަތިލެވޭނެ ފަރާތްތަކުގައި  ހުންނަންޖެހޭ ޝަރުތު:

  • ދިވެހިރައްޔިތެއްކަމުގައިވުން
  • އުމުރުން 21 އަހަރު ފުރިފައިވުން.
  • ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ވެފައި ނެތުން.
  • އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަ ފޫޓަށްވުރެ ބޮޑުބައެއް ލިބިފައި ނުވުން ނުވަތަ ލިބިފައިވާ މިފަދަ ބައެއް ބަންޑާރަ ގޯތި ދޫކުރުމާއި ބެހޭ ޤަވާއިދުގައިވާ ގޮތުގެ މަތިން ދޫކޮށްލުމަށް އެއްބަސްވުން.
  • އެންމެދު އިމާރާތެއް ނުވަތަ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ވެފައި ނުވުން ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްފައި ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން.
  • ހުށަހަޅާ ފަރާތުގެ އަނބި ނުވަތަ ފިރިމީހާއަށް ގޯއްޗެއް ލިބިފައި ނުވުން.

ގޯއްޗަށް އެދޭ ފަރާތަތްކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް:

  1. ގޯއްޗަށް އެދޭ ފަރާތުގެ އަނބި މީހާ ނުވަތަ ފިރިމީހާއަށް 600 އަކަފޫޓްގެ ބިމެއް ނުވަތަ ފުލެޓެއް ނުވަތަ ފުލެޓަކުން ބައެއް  ލިބިފައި ނުވާނަމަ 50 ޕޮއިންޓް.

ހ. ލިބިފައިވާ ގޯއްޗެއް ދޫކުރުމަށް އިޤްރާރުވާނަމަ ބެލެވޭނީ ގޯއްޗެއް ނެތް ކަމަށެވެ.

2. މީހަކާއި އިނދެގެން ހުރިނަމަ 15 ޕޮއިންޓް.

3. 18 އަހަރުން ދަށުގެ ކުއްޖަކު ހުރިނަމަ 04 ޕޮއިންޓް.

ހ. 18 އަހަރުން ދަށުގެ އެއްކުއްޖަކަށްވުރެ ގިނަނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް 03 ޕޮއިންޓް. (މިބަޔަށް އެންމެ ގިނައިން ދެވޭނީ 10 ޕޮއިންޓެވެ)

4. ކޮނޑޭގައި ދިރިއުޅޭ ފަރާތެއް ނަމަ 07 ޕޮއިންޓް.

ހ. ކޮނޑޭގައި ދިރިއުޅޭ ފަރާތެއްކަމުގައި ބެލެވޭނީ ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި މެދުނުކެނޑި ކޮނޑޭގައި ދިރިއުޅެފައިވާނަމައެވެ.

5. ކޮނޑޭ ނޫން އެހެން ރަށެއްގެ ރައްވެއްސެއްނަމަ 18 ޕޮއިންޓް.

ގޯތި ދޫކުރާނެ ފަރާތްތަށް ކަނޑައެޅުން:

ގޯތި ދޫކުރާނެ ފަރާތްތަށް ކަނޑައަޅާނީ ގޯތި ދޫކުރުމަށް މިއިދާރާއިން ކަނޑައަޅާފައިވާ ކޮމިޓީއިން  ފޯމްތަށް ދިރާސާކޮށް މާކްސް ދިނުމަށްފަހު އެންމެ މަތިން މާކްސް ލިބޭ 11 ފަރާތަށެވެ. މިގޮތުން ޕޮއިންޓް ދިނުމުގައި 11 ވަނައަށް އެއްފަރާތަށް ވުރެ ގިނަ ފަރާތް ހޮވިއްޖެނަމަ 11 ވަނަ ފަރާތް ކަނޑައަޅާނީ ގުރުއަތު ލައިގެންނެވެ.

15 F 1438

13  މާރިޗު 2017

13 މާރިޗު 2017
ހޯދާ