މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ގްރީން ޓެކްސް އިންފޮމޭޝަން ޝީޓް އިސްލާހުކުރުން

 

ސަރކިއުލަރ

 

ނަންބަރު:  220-TSS/CIR/2017/8                          

ތާރީޚު:   13 މާރިޗު 2017

ލިބެންވީ: ގްރީން ޓެކްސްއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް

މައުޟޫއު:  ގްރީން ޓެކްސް އިންފޮމޭޝަން ޝީޓް އިސްލާހުކުރުން

 

 

ގަވާއިދު ނަންބަރު 2015/R-181 (ގްރީން ޓެކްސް ގަވާއިދު) ގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގްރީން ޓެކްސް އިންފޮމޭޝަން ޝީޓުގެ ފޯމެޓް މި ސަރކިއުލަރގެ އެނެކްސް 1 ގައިވާ ގޮތަށް ވަނީ ބަދަލުކުރެވިފައެވެ. މި ފޯމެޓް މީރާގެ ވެބްސައިޓް www.mira.gov.mv އިން ވެސް ލިބެން ހުންނާނެއެވެ.

ގްރީން ޓެކްސްއަށް ރަޖިސްޓަރީކޮށްފައިވާ ހުރިހާ ފަރާތްތަކުން، 1 މާރިޗު 2017 ނުވަތަ އެ ތާރީޚުގެ ފަހުން ފެށޭ މުއްދަތުތަކަށް ހުށަހަޅަންޖެހޭނީ ގްރީން ޓެކްސް އިންފޮމޭޝަން ޝީޓުގެ ވަރޝަން 17.1 އެވެ. އިސްލާހުކުރެވިފައިވާ ގްރީން ޓެކްސް އިންފޮމޭޝަން ޝީޓާ ގުޅޭގޮތުން އަންނަނިވި ކަންކަމަށް ސަމާލުވުމަށް އިލްތިމާސްކުރަމެވެ.

  1. އިސްލާހުކުރެވިފައިވާ އިންފޮމޭޝަން ޝީޓުގައި ގެސްޓުންގެ އުމުރު ބަޔާންކުރާކަށް ނުޖެހޭނެއެވެ.
  2. އިސްލާހުކުރެވިފައިވާ އިންފޮމޭޝަން ޝީޓުގައި ކޮންމެ ގެސްޓަކު ވެސް ބުކިން ހެދި ގޮތް          (“Booking Method”) ބަޔާންކުރަންޖެހޭނެއެވެ. މީރާކަނެކްޓް މެދުވެރިކޮށް އިންފޮމޭޝަން ޝީޓް ހުށަހަޅާއިރު މީރާކަނެކްޓުން ބުކިންގ މެތަޑްގެ ގޮތުގައި ގަބޫލުކުރާނީ އަންނަނިވި ގޮތްތަކެވެ.
  • “Foreign tour operator”
  • “Local tour operator”
  • “Direct booking”
  • “FIT”
  • “Online travel agent” ނުވަތަ “OTA”

 

މި ކަމާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ 1415 އަށް ގުޅުއްވުން ނުވަތަ [email protected],mv އަށް އީމޭލްކުރެއްވުން އެދެމެވެ.

 

 

13 މާރިޗު 2017
ހޯދާ