މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ނަރުހުންގެ ލައިސެންސިންގ އިމްތިޙާނާ ބެހޭ

އިއުލާން

 

      މި ކައުންސިލްގައި ރެޖިސްޓަރ ކޮށް ލައިސަންސް ދިނުމުގެ ކުރިން އަލަށް ރެޖިސްޓަރކުރަން ހުށައަޅާޑިޕްލޮމާ އިން މަތީފެންވަރުގެ ކޯސްތައް ފުރިހަމަކޮށްފައިވާ ހުރިހާ ފަރާތްތަކަށް 'ކޮމްޕީޓަންސީ އެގްޒާމް' މި އަހަރުގެ ޖުލައި މަހުން ފެށިގެން ދިނުމަށްވަނީ ހަމަޖެހިފައެވެ. އެހެންކަމުން މިދުވަހުން ފެށިގެން އަލަށް ރެޖިސްޓަރީވާން ހުށައަޅާ ހުރިހާ ފަރާތްކަށްވެސް އެންމެފުރަތަމަ ދިނުމަށް ހަމަޖެހިފައިވަނީ 6 މަސް ދުވަހުގެ ޕްރޮވިޝަނަލް ރެޖިސްޓަރޭޝަނެކެވެ. އަދި މިއެގްޒަމްގައި ބައިވެރިވެ އެގްޒާމް ފުރިހަމަ ކުރުމަށްފަހުގައި، މިހާރުވެސް އޮންނަ އުޞޫލުގެ މަތިން ނަރުހެއްގެ ގޮތުގައި ރެޖިސްޓަރކޮށް އަމަލީގޮތުން މަސައްކަތް ކުރުމުގެ ލައިސަންސް ހުރިހާ ފަރާތްތަކަށްވެސް ދޫކުރެވޭނެއެވެ. މި ގޮތުގެ މަތިން ޢަމަލު ކުރާނީ މިއަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށްވެ.

2018 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން މުޅިން އަލަށް ރެޖިސްޓަރ ވުމަށް ހުށައަޅާ ފަރާތްތަކަށް 6 މަސްދުވަހުގެ ޕްރޮވިޝަނަލް ރެޖިސްޓަރޭޝަން އަދި ލައިސަންސް ފިޔަވާ، ޢާއްމު އުޞޫލުގެ މަތިން މި ކައުންސިލްގައި ނަރުހެއްގެ ގޮތުގައި ރެޖިސްޓަރކޮށް ޢަމަލީ ގޮތުން މަސައްކަތް ކުރުމުގެ ލައިސަންސް ދޫކުރުމަށް ހަމަޖެހިފައިވަނީ އެގްޒާމްގައި ބައިވެރިވެ ފާސްވުމަށްފަހުގައެވެ.

މި އެގްޒާމާއިބެހޭ އިތުރު މަޢުލޫމާތު މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓްގައި (www.health.gov.mv) ޝާޢިޢު ކުރެވިފައިވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކާ ދަންނަވަމެވެ.

 

 

14 ޖުމާދަލްއާޚިރާ 1438

13 މާރިޗު 2017
ހޯދާ