މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވްސް ބޯޑް އޮފް ކޮމްޕްލިމެޓްރީ މެޑިސިންގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު

ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ޤާނޫނު ނަންބަރު 2015/13( ގެ 48 ވަނަ މާއްދާގެ (ށ) ގެ ދަށުން ކޮމްޕްލިމެންޓްރީ ބޭހާއި ގުޅޭ ކަންކަން ބެލެހެއްޓުމައްޓަކައި "މޯލްޑިވްސް ބޯޑް އޮފް ކޮމްޕިލިމެންޓްރީ މެޑިސިން" ގެ ނަމުގައި މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގެ ދަށުން ބޯޑެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފައިވެއެވެ.
މިކައުންސިލްގެ ނަމްބަރ (IUL)23-MAHC/23/2016/127 (13 ޑިސެމްބަރ 2016)  އިޢުލާނަށް އެކަށީގެންވާ އަދަދަށް ކޮންޕްލިމެންޓްރީ މެޑިސިންގެ ދާއިރާއިން އެޕްލިކޭޝަން ހުށަހަޅާފައި ނުވާތީ، މިދާއިރާގެ ބޯޑު މެމްބަރުކަމަށް ޝައުގުވެރިވާ ފަރާތްތަކަށ،ް އެ ފުރުސަތު އާމުކޮށް ހުޅުވާލަމެވެ.

ބޭނުންވާ ދާއިރާ

ކޮންޕްލިމެންޓްރީ މެޑިސިންގެ ދާއިރާ

ޝަރުތު

-          ކޮންޕްލިމެންޓްރީ މެޑިސިންގެ ދާއިރާގައި މަސައްކަތްކުރާ މީހެއް ކަމުގައި ވުން

-          މިނިސްޓްރީ އޮފް ހެލްތް ނުވަތަ މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގައި ކޮންޕްލިމެންޓްރީ މެޑިސިން ޕްރޮފެޝަނަލެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވުން

ބޭނުންވާ އަދަދު

1

ތަޢުލީމާއި ތަޖުރިބާ އަށް މާރކްސް ދެވޭނެގޮތް

ކޮމްޕްލިމެންޓްރީ މެޑިސިން ދާއިރާއިން ހޯއްދަވާފައިވާ ތައުލީމީ ސެޓްފިކެޓްތަކަށް 50 މާރކްސް

 

އެހެނިހެން ތައުލީމީ ސެޓްފިކެޓްތަކަށް 10 މާރކްސް

 

ކޮމްޕްލިމެންޓްރީ މެޑިސިން ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަށް 20 މާރކްސް

 

އިންޓަރވިއު: 20 މާރކްސް

 

ބޯޑު މެމްބަރުންގެ މައިގަނޑު މައްސޫލިއްޔަތުތައް

(1) ކަނޑައެޅިގެން އެނގެންއޮތް އުޒުރެއް މެދުވެރިވެގެން މެނުވީ ބޯޑުގެ ބައްދަލުވުންތަކަށް ހާޟިރުވުން.

   (2) ބޯޑުގެ ރައީސް ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން.

   (3) ބޯޑުން ބަލާ ޝަކުވަތަކާއި ގުޅިގެން ޒިޔާރަތްކުރަންޖެހޭ ތަންތަނަށް ޒިޔާރަތްކުރުމާއި ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކުރުމާއި، ދިރާސާކުރަންޖެހޭ ލިޔުންތައް ދިރާސާކުރުމާއި ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުން.

   (4) މުޖުތަމަޢުގެ ތެރޭގައި އުޅުމުގައި ބޯޑުގެ މެންބަރެއްގެ ހައިސިއްޔަތުން ހިފަހައްޓަންޖެހޭ އަޚުލާޤީ އަދި ސުލޫކީ މިންގަނޑުތަކާއި އަބުރުވެރިކަން ހިފެހެއްޓުން.

މަޤާމައް ކުރިމަތިލާ  މެމްބަރުންގެ ޝަރަތުތައް

  • ދިވެހި ރައްޔިތެއްކަމުގައި ވުން.
  • ބޯޑުގެ މެމްބަރު ކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ޢިލްމީ ފެންވަރާއި ލަޔާޤަތު އަދި މަސައްކަތުގެ އަޙްލާގް ހުރި މީހަކު ކަމުގައިވުން.
  • އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުނެ.
  • ޖިނާއި ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން.
  • އެ ފަންނުގެ މަސައްކަތްތެރިއެއްގެ ގޮތުގައި މަސައްކަތްކުރާތާ މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައިވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑެއް ކަނޑައެޅިފައިވާނަމަ އެ މިންގަނޑަކާ ޚިލާފުވެފައިވާކަމަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނުގައި މަސައްކަތްކުރުމުގައި އެމީހަކު ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅިގެން ޝަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  • ޞިއްޙީ ޚިދުމަތްދެވޭ ތަނުގެ މަސްއޫލުވެރިއެއް ނުވަތަ ބޯޑު މެމްބަރެއް ކަމުގައި ނުވުން.
  • ޞިއްޙީ ޚިދުމަތްދޭ ތަނެއްގެ ޙިއްސާ އެމީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން ޢައްޔަންކޮށްފައިވާ ފަރާތެއްގެ ނަމުގައި ނުވަތަ އޭނާގެ ހިއްސާ ހިމެނޭ ކުންފުންޏެއްގެ ނަމުގައިއޮތް މީހަކު ކަމުގައި ނުވުން.
  • ޤާނޫނެއްގައި ކަނޑައެޅިފައިވާ އިންތިޙާބަކުން މަޤާމަކަށް ހޮވިފައިވާ މީހެއް ކަމުގައި ނުވުން.
  • ސިޔާސީ މަޤާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މެމްބަރުކަމަށް އެދި ހުށަހަޅާ ސިޓީ
  2. ތައުލީމީ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތައް)
  3. މެމްބަރުކަމަށް އެދޭ ފަރާތައް ލިބިފައިވާ މަސައްކަތު ތަޖުރިބާގެ ލިއުންތައް
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީއެއް 
  5. ވަނަވަރު

ސުންގަޑި

23 މާރިޗު 2017 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ ކައުންޓަރަށް)

އިތުރުމަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014468 އަދި 3014480 އެވެ.

 

 

                                                                    އުބައިދުﷲ ތައުފީޤް

                                                                      ރެޖިސްޓްރާރ

13 މާރިޗު 2017
ހޯދާ