ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ހިއުމަންރައިޓްސް ކޮމިޝަންގެ ސަދަންރީޖަނަލް އޮފީހުގެ ސެކިއުރިޓީ ބެލެހެއްޓުން

                                                   ނަންބަރު: IUL)168-CA/1/2017/9)

 

 

އިޢުލާން

 

މިކޮމިޝަންގެ އައްޑޫސިޓީގައި ގާއިމްކޮށްފައިވާ ސަދަން ރީޖަނަލް އޮފީހުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ކުރި އިޢުލާން ނަންބަރ IUL)168-CA/1/2017/7)  އާއި ގުޅިގެން މައުލޫމާތު ސާފުކުރައްވަން އެއްވެސް ފަރާތަކުން ވަޑައިގެންފައިނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތްކުރުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން  14 މާރިޗު 2017 ވާ އަންގާރަ ދުވަހުގެ 10:00 އަށް ސަދަން ރީޖަނަލް އޮފީހަށް (އައްޑޫސިޓީ، ހިތަދޫ، ސިލްވަރލޭކް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 މާރިޗު 2017 ވާ އާދިއްތަ ދުވަހުގެ 10:00 އަށް ސަދަން ރީޖަނަލް އޮފީހަށް (އައްޑޫސިޓީ، ހިތަދޫ، ސިލްވަރލޭކް) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.

13 ޖުމާދަލްއާޚިރާ 1438

12   މާރިޗު   2017

 

12 މާރިޗު 2017
ހޯދާ