އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ
ދިވެހިރާއްޖެ
މަސައްކަތު

އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ

މާލެ ، ދިވެހިރާއްޖެ

 

ތާރީޚް: 08 މާރިޗް 2017

ނަންބަރ: IUL)MAI-109/INDIV/2017/14)

ނޯޓް: ވަޒީފާއަށް ގާބިލް ފަރާތް ކަނޑައެޅިފައިވާ މިންވަރަށް، ވަޒީފާއަށް އެދުނު އެއްވެސް ފަރާތަކަށް ޕޮއިންޓް ލިބިފައި ނުވާތީވެ، މިމަދަރުސާއިން މަސައްކަތު މުވައްޒަފެއް ބޭނުންވެގެން ކުރިން ކޮށްފައިވާ ޢިއުލާން ނަންބަރު (10 އޮކްޓޯބަރ 2016) A-MAI/IUL/2016/42   އިޢުލާން ބާތިލްކޮށް މިމަޤާމަށް އަލުން އިޢުލާން ކުރަމެވެ.

ވަޒީފާގެ ފުރުޞަތު

މަޤާމް:

މަސައްކަތު

މަޤާމުގެ ނަންބަރު:

188-OD/22/2016/09

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ސެކްޝަން:

އިދާރީ

މަޤާމް އޮތް އޮފީސް:

އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ، މާލެ

މުސާރަ:

-/3100 ރުފިޔާ

ސަރވިސް އެލެވަންސް:

-/1000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދެވޭ ޢިނާޔާތްތައް (އިތުރުގަޑީގެ ފައިސާ، ރަމަޟާންމަހުގެ ޢިނާޔަތް) ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ލިބޭނެއެވެ. އަދި، ދިވެހިރާއްޖެގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

ޝަރުޠު

 ލިޔަން ކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބިތައް

  1. ހަވާލުކުރެވޭ އެކިއެކި ތަންތަން ކުނިކަހައި ފޮޅައި ސާފުކުރުން.
  2. ކްލާސްތައް ކުނިކަހައި ފޮހެ ސާފުކުރުމާއި، ކްލާސްތަކުގެ ޑަސްބިންތައް ދޮވެ ސާފުކުރުން.
  3. ކުދިންގެ ފާޚާނާތައް ބެލެހެއްޓުމާއި، ދޮވެ ސާފުކުރުން.
  4. ގޯތިތެރެ ކުނިކެހުމާއި، ފެންޖެހުން އަދި އެކިއެކި ޖަލްސާތަކާއި، މުނާސަބަތުތަކުގައި ބޭނުންވާ ގޮނޑިޖެހުން.
  5. ސްކޫލުގައި ހިންގޭ އެކި ޙަރަކާތްތަކުގައި އެހީތެރިވެ ދިނުން.
  6. އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލު ކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

މިވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  1. މެރިޓް ޢުސޫލުން އެންމެ މަތީ މާރަކްސްއެއް ލިބޭ ފަރާތެއް
  2. ތައުލީމާއި ތަމްރީން ލިބިފައިވާ މިންވަރު
  3. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
  4. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމުގެ ސިފަތައް

އިންޓަރވިއު ކުރުން

1. އިންޓަވިއު، އިއުލާންގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން 20 ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނި މިމަދަރުސާގެ 6 ވަނަ ފަންގިފިލާގައެވެ.

2. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމު އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ arabiyya.edu.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 މާރޗް 19 ވާ އާދިއްތަ ދުވަހުގެ 13:45 ގެ ކުރިން، އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ކައުންޓަރަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ،  [email protected]އެވެ. ފެކްސް ނަންބަރަކީ، 3316329 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3323627 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3316329 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

 

 

 

09 ޖުމާދުލްއާޚިރާ 1438

08 މާރިޗު 2017
ހޯދާ