ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރެއް ބޭނުންވެއްޖެ

މަޤާމް :އެސިސްޓެންޓް އޮފިސަރ
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މިކުންފުނީގެ ނަންބަރު 60-އޭޑީއެމް/52/2017 ގެ އިޢުލާނަށް ކެނޑިޑޭޓުން ލިބިފައިނުވާތީ މިދަންނަވާ މަޤާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އަލުންހުޅުވައިލަމެވެ.

މަޤާމް: އެސިސްޓެންޓް އޮފިސަރ

ބޭނުންވާ އަދަދު: 01 (އެކެއް)

އަސާސީ މުސާރަ:މަހަކު -/3380 ރުފިޔާ

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (1 އަހަރު ދުވަސް)

މަސައްކަތް ކުރަންޖެހޭ ތަން: ތިލަފުށި ޑިސްޓްރިބިއުޝަން ސެންޓަރ

އެހެނިހެން ޢިނާޔަތްތައް:

  • އިތުރު އެލަވަންސް: މަހަކު -/1900 ރުފިޔާއާއި -/2900 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާއި ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެއެވެ.
  • ޕެންޝަން
  • ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.
  • މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)

މަޤާމުގެ މަސްއޫލިއްޔަތު:

  • ސޭލްސް އޮޕަރޭޝަން ބެލެހެއްޓުން
  • ޑެލިވަރީ ކަންތައް މޮނީޓަރކުރުމާއި އިންވެންޓްރީ ބެލެހެއްޓުން
  • އެހެނިހެން އޮފީސް މަސައްކަތްތައް ކުރުން

ތަޢުލީމާއި ތަޖުރިބާ:

  • ޖީސީއީ އޯލެވެލް ފުރިހަމަ ކޮށްފައިވުން
  • ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކަވުން

ސުންގަޑި:

  • މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2017 މާރިޗު 14 ވާ އަންގާރަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.
  • އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.

ނޯޓު:

  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓު ލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • މިމަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކުސްލިބޭ ފަރާތެކެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑުރެސް:

  • ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑު އޮފީސް
  • ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ – 20345
  • ފޯން:3334433، 3344261 ފެކުސް:  3344341    ވެބްސައިޓު: www.sto.mv

                                                                                           

07 މާރިޗު 2017

07 މާރިޗު 2017
ހޯދާ