މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

ކ.މާލެ އާއި ކ.ތިލަފުއްޓާއި ދޭތެރޭ ދަތުރުކުރުމަށް 40 މުވައްޒަފުންނާއި ބައެއް ތަކެތި އުފުލުމަށް 40 ފޫޓަށްވުރެ ކުޑަނޫން ދޯންޏެއް (ފަޅުވެރިންނާއި އެކު) 6 މަސްދުވަހަށް ކުއްޔަށް ހިފަން ބޭނުންވެގެން ކުރެވުނު IUL)447-PR/1/2017/22) ނަންބަރު އިޢުލާން އާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

އަގު ހުށަހަޅާއިރު ފުރިހަމަ ކުރަންޖެހޭ ކަންތައްތައް:

ހ- އަގު (އެސްޓިމޭޓް) ހުށަހަޅުއްވަން ވާނީ ދުވަހަކަށް ވާ އަގެވެ.

ށ- އަގު ހުށަހަޅުއްވަން ވާނީ ޑީސަލްގެ ޚަރަދު ނުހިމައެވެ.

ށ- އަގު ހުށަހަޅުއްވަންވާނީ ޖުމްލަ އަގު އަދި ޖީ.އެސް.ޓީ އަގު ވަކިން އެނގޭ ގޮތަށެވެ.

 

ހުށަހަޅަންވީ ތަކެތި:

ހ- ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރެޖިސްޓްރޭޝަން ސެޓްފިކެޓާއި ޖީ.އެސް.ޓީ ރަޖިސްޓްރޭޝަންގެ ކޮޕީ)

ށ- އަމިއްލަފާރާތެއްނަމަ އެފަރާތެއްގެ މަޢުލޫމާތު އެނގޭނެ ގޮތަށް ސީވީއާއި އައިޑީ ކާޑް ކޮޕީ އަދި އުޅަނދުގެ ރަޖިސްޓްރީ ކޮޕީ.

ނ- މަސައްކަތުގައި ފާއިތުވެދިޔަ 05 އަހަރު ދުވަހު ލިބިފައިވާ ތަޖުރިބާ (މި ގޮތުން މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ބެލެވޭނީ 2017 ގެ މި ދުވަހުން ފެށިގެން ފާއިތުވެ ދިޔަ 5 އަހަރު ތެރޭ ކުރައްވާފައިވާ މި ބާވަތުގެ މަސައްކަތާއި ގުޅޭގޮތުން މަސައްކަތް ހަވާލު ކުރި ފަރާތުން ދީފައިވާ މަސައްކަތް ނިންމި ކަމުގެ ލިޔުމަށެވެ.) މި ގޮތުން މާކްސް ދެވޭނީ ގިނަވެގެން 05 ލިޔުމަށެވެ.

 

އަންދާސީ ހިސާބު އިވެލުއޭޓް ކުރެވޭނެ ގޮތުގެ ތަފްސީލް

 

ހ- އަގު: 80 ޕޮއިންޓް

ޕޮއިންޓް =  {(އެންމެ ހެޔޮ އަގު) / (ހުށަހެޅި އަގު) 80X}

ށ- މަސައްކަތު ތަޖުރިބާ: 20 ޕޮއިންޓް

ކުރިންކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 01 ލިޔުން = 2.5

ކުރިންކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 02 ލިޔުން = 5

ކުރިންކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 03 ލިޔުން = 10

ކުރިންކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 04 ލިޔުން = 15

ކުރިންކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 05 ލިޔުން = 20

      

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

 ޕަބްލިކް ވަރކްސް ސަރވިސަސް                                                                 

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ    

އިއްޒުއްދީން މަގު، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ބިޑު ހުޅުވުން:

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 13 މާރިޗު 2017 ވާ ހޯމަ ދުވަހުގެ 13:30 ގައި  ޕަބްލިކް ވަރކްސް ސަރވިސަސްގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 13 މާރިޗު 2017 ވާ ހޯމަ ދުވަހުގެ 13:30  އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

އިތުރު މަޢުލޫމާތު އޮޅުންފިލުއްވުމަށް މި ސަރވިސަސްގެ ނަންބަރު 3020853 ފޯނަށް ގުޅުއްވުން އެދެމެވެ.

 

09 ޖުމާދުލްއާޚިރް 1438 

 

08 މާރިޗު 2017
ހޯދާ