ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
ސްކޫލަށް ބޭނުންވާ ބައެއްތަކެތި ހޯދަން ބޭނުންވެއްޖެ

      މި ސަކޫލަށް ބޭނުންވާ އިލެކްޓުރިކް ކަޓިން މެޝިން އާއި ލެމިނޭޓަރ ހޯދުމަށް ކުރި ނަންބަރ (IUL)RS/1/2017/1022 (08 މާރިޗް 2017) އިއުލާން ގުޅިގެން މައުލޫމާތު ސާފުކުރުމަށް އެކަށީގެންވާ އަދަދައް މީހުން ހާޒިރުވެފާ ނުވާތީ، އެ އިޢުލާން ބާތިލުކޮށް އަލުން ކަޓިން މެޝިން އާއި ލެމިނޭޓަރ ހޯދަދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރަމެވެ.

                 ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 މާރިޗު 13 ވާ ހޯމަ ދުވަހުގެ 11:00 ގައި މަޢުލޫމާތު ސާފު ކުރެއްވުމަށް މި ސްކޫލްގެ އޮފީހަށް ވަޑައިގެންނެވުމަށް ދެންނެވީމެވެ. އަދި  2017 މާރިޗު 20 ވާ ހޯމަ ދުވަހުގެ 11:00އަށް އަންދާސީ ހިސާބު މި ސްކޫލްގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.  

08 މާރިޗު 2017
ހޯދާ