ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް :މުދިމް
ބޭނުންވާ އަދަދު :1

 

ވަޒީފާގެ ފުރުސަތު

މަޤާމުގެ ނަން: މުދިމް

މުސާރަ:  9,600.00ރުފިޔާ

ފުޑް އެލަވަންސް:1500.00 ރުފިޔާ

ލިވިންގް އެލަވަންސް: 1000.00ރުފިޔާ

އެޓެންޑްސް އެލަވަންސް: ދުވާލަކަށް 20/- ރުފިޔާ

ބޭނުންވާ އަދަދު: 01

މަސައްކަތް ކުރަންޖެހޭ ތަން:  ގުޅިފަޅު ސައިޓް

ޝަރުޠު: 

  • މުދިމުކަމުގެ ސަނަދު/ އިމާމުކަމުގެ ސަނަދު ލިބިފައިވުން. ނުވަތަ
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި، އަދި އިމާމުވެ ނަމާދުކުރެވޭވަރަށް ތަޖުވީދުމަގުން ކީރިތި ޤުރުއާން ކިޔަވަން އެނގޭ ފަރާތެއް ކަމުގައިވުން. ނުވަތަ
  • ހުކުރުކުރުމުގެ ހުއްދަ ލިބިފައިވާ ބޭފުޅުންނަށް އިސްކަންދެވޭނެއެވެ.

މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • ކޮންމެ ނަމާދުވަގުތެއްގެ ކުރިން މިސްކިތަށްގޮސް، މިސްކިތުގެ ކަންތައްތައް ބަލައި، ރަނގަޅުކުރަން ހުރި ކަމެއް ރަނގަޅުކުރުމާއެކު، ފަރުޟު ފަސް ނަމާދު ވަގުތުގައި ބަންގިގޮވުމާއި، އިމާމުވެ ނަމާދުކުރުން.
  • މިސްކިތަށް ލިބެމުންދާ ގެއްލުންތަކާއި، މިސްކިތަށް ދަތިވާ ކޮންމެކަމެއް، އެކަން ރަނގަޅުކުރެވޭތޯ ބެލުން.
  • މިސްކިތުގައި ދީނީ ދަރުސް ދިނުންފަދަ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، އެފަދަ ޕްރޮގްރާމެއް ހިނގާނަމަ، އެކަން ނިމެންދެން މިސްކިތުގައި މަޑުކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތުގެ ސިޓީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ އައިޑީ ކާޑުގެ ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ  ސެޓްފިކެޓުތަކުގެ ކޮޕީ
  • ކުރީގައި ވަޒީފާ އަދާކޮއްފައިވާތަނުގެ ލިޔުން.
  • ސުންގަޑި:   16 މާރިޗް 15:00 ގެ ކުރިން. (އޮފީސް ހުޅުވިފައި ހުންނާނީ ބަންދު ނޫން ކޮންމެ ދުވަހު 08:00 އިން 16:00 އަށެވެ.)
  • ހުށަހަޅަންވީ ތަން: ހ.އާގަދަގެ، 4 ވަނަ ފަންގިފިލާ، ކަރަންކާ މަގު،  މާލެ، ދިވެހިރާއްޖެ.

އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3016630 އަށް

އީމެއިލް އެޑްރެސް: [email protected]

08 މާރިޗު 2017
ހޯދާ